އިންޑިއާ މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށާއި ކަނޑައެޅި މަގުސަދު މި ދަތުރުން ހާސިލްވެއްޖެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާއެކު ރޭ ބޭއްވި ހަފްލާއެއްގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އިންޑިއާ ދަތުރުގައި ދިވެހިންނަށް ކަންކަން ލުއިވެގެންދާ ގޮތަށް މަސައްކަތްތަކެއް ފަހިވެގެން ހިނގައްޖެ ކަމަށެވެ.
އެމަނިކުފާނުގެ ހާރިޖީ ސިޔާސަތަކީ ކޮބައިކަން ރިޔާސީ އިންތިހާބުގެ މެނިފެސްޓޯ އިއުލާންކުރި ޖަލްސާގައި ހާމަ ކޮށްފައި ވާނެ ކަމަށާއި ވެރިކަން ކުރައްވާނީ އެ ސިޔާސަތުގެ މަތީގައި ކަމަށް ރައީސް ވިދާޅުވިއެވެ.
"އެއީ ކޮން ސިޔާސަތެއްތޯ. އެއީ ދިވެހި ރައްޔިތުން އިސް ކުރުމުގެ ސިޔާސަތު. ދިވެހި ގައުމު އިސް ކުރުމުގެ ސިޔާސަތު،" ރައީސް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ސިއްރު އެތައް އެއްބަސްވުންތަކެއް އިންޑިއާއާއެކު އެކުލަވާލި ކަމަށް މިހާރު ސަރުކާރުގެ އިސްވެރިން ތުހުމަތު ކުރެއްވިއެވެ. އަދި އިންޑިއާ އަށާއި ކުރީގެ ސަރުކާރުގެ ވެރިންނަށް ވަރަށް ބޮޑަށް އެކަމުގައި ފާޑު ވިދާޅުވިއެވެ.
ނަމަވެސް މިފަހަރު އިންޑިއާ އަށް ވަޑައިގެން ސޮއި ކުރި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނޭ "ވިޝަން ފޯ ކޮމްޕްރިހެންސިވް ޕާޓްނާޝިޕް އޮން އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ" އަކީ ގައުމުގެ ސަލާމަތަށް ނުރައްކާ ނުވާ އެއްބަސްވުމަކީތޯ ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.
ރައީސް ވަނީ އެމަނިކުފާނުގެ މި ދަތުރުފުޅުވައި ގައުމުގެ މިނިވަންކަމަށާއި އަދި އެހެން ގައުމެއްގެ ބާރު ރާއްޖެއަށް އެއްކޮށް ހިނގާނެ ފަދަ އެއްވެސް އެއްބަސްވުމެއްގައި ސޮއި ނުކުރައްވާ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ