ބާރަ ޕިކަޕް ބެޓެރީ ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ހެނދުނު 6:45 ހާއިރު ފަރީދީމަގާއި ޗާންދަނީމަގާއި ގުޅޭ ހިސާބުން ދުއްވާފައި ދިޔަ ޕިކަޕެއްގައި ތިބި ބަޔަކާއި މެދު ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލާ ފާސްކޮށްފައިވާ ކަމަށެވެ.
އެމީހުން ބަލާ ފާސްކުރިއިރު ވަގަށް ނަގާފައިވާ 12 ޕިކަޕް ބެޓެރީ އެމީހުންގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ 32 އަހަރާއި 43 އަހަރުގެ ދެ ފިރިހެނުންނެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ