ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ނާއިބަކަށް ހުންނެވި ނާއިބަކަށް ހުންނެވި ނާއިފް ޝައުކަތާއި އެ މިނިސްޓްރީގެ ކޯޑިނޭޓަރަކަށް ހުންނެވި ހަސަން ވަހީދުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް، ދައުވާ ކޮށްދިނުމަށް އެދި އޭސީސީގެ ފަރާތުން ޕީޖީ އަށް ހުށަހަޅައިފިއެވެ.
އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ނާއިފް އަދި ހަސަން ވަހީދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކޮށްދިނުމަށް އެދި މިދިޔަ މަހުގެ 30ވަނަ ދުވަހު ޕީޖީއަށް ހުށަހަޅާފައިވާ ކަމަށް ބުނެފައެވެ. އެގޮތަށް ހުށަހެޅީ މާލޭގެ ގޯއްޗަކުން ދައުލަތަށް ލިބިފައިވާ ބައެއް ވިއްކުމުގައި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާ މައްސަލައަކާއި ގުޅިގެންނެވެ.
އޭސީސީން ބުނީ އެ މައްސަލައިގައި، އެ ގޯތިން ދައުލަތަށް ލިބުނު ބިމާ އިންވެގެން އޮތް ބިމުގެ ވެރިފަރާތުން އެ ބިން ގަތުމަށް އެދުނު ނަމަވެސް، އެ ބިން ވިއްކާފައިވަނީ އެ ބިމާ ދުރުގައި އޮތް ބިމުގެ ވެރިފަރާތަށް ކަމަށެވެ. އެ ނިންމުން އެ ގޮތަށް ނިންމާފައިވަނީ، އޭރު އަމަލުކުރަމުންދިޔަ "ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލާ" ހިލާފަށް ކަމަށް ވެސް އޭސީސީން ބުންޏެވެ.
އެ އުސޫލުގައި، ބިން ވިއްކުމުގެ ކުރިން ގޯތީގެ ބެހެނިވެރިންނާއި ވާރިސުންގެ ދިރިއުޅުމުގެ ހާލަތު ވަޒަންކުރަން ޖެހޭ ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ބިން ގަތުމަށް ހުށަހެޅި ދެފަރާތުގެ ދިރިއުޅުމުގެ ހާލަތު ވެސް ވަޒަންކޮށްފައި ނުވާކަން އޭސީސީގެ ތަހުގީގަށް ހޯދިފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އެކަން ކޮށްފައިވަނީ ބިން ވިއްކި ފަރާތަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ބޭނުމުގައިކަންވެސް އެނގިފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
އަދިވެސް ނުވޭތަ ރޔާމީނު ފަހާދުވުން ހުއްޓާލާކަށް.؟ ރޔާމީނާ ކިރިއާވެސް އޭތް އޯތް ގޮވާލާމީހަކުވެސް ބަދުނާމުކުރުން ހުއްޓާކަށް ނުވޭބަ!!
ާބިން