ރާއްޖޭގައި އޮޕަރޭޓްކުރާ އެއާލައިނެއް ކަމަށްވާ ބިއޮންޑް އެއާލައިނުން ފޯޅަވަހީގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒެއް ކަމަށްވާ ޑިއޭގޯ ގާސިއާއަށް އަނެއްކާވެސް ދަތުރުކޮށްފިއެވެ.
މޮރިޝަސް ކައިރީގައި އޮންނަ ޗާގޯސް އައިލެންޑްގައި ހިމެނޭ ރަށްތަކުގެ ތެރޭގައި ހިމެނޭ ޑިއޭގޯ ގާސިއާއަކީ އަސްކަރީ މަރުކަޒެއް ހިންގުމަށްޓަކައި އިނގިރޭސިވިލާތުން އެމެރިކާއަށް ކުއްޔަށް ދޫކޮށްފައި އޮންނަ ރަށެކެވެ. އެތަނަކީ އިންޑިއާ ކަނޑުގައި އޮންނަ އެމެރިކާގެ އެންމެ ސިއްރުވެރި އަސްކަރީ މަރުކަޒެވެ.
ބިއޮންޑް އެއާލައިނުން މީގެ ކުރިން ވެސް ޑިއޭގޯ ގާސިއާއަށް ދަތުރު ކޮށްފައިވާއިރު, މިރޭ ވެސް އެ އެއާލައިނުން ވަނީ ޑިއޭގޯ ގާސިއާއިން ރާއްޖެއަށް ދަތުރެއް ކޮށްފަ އެވެ. އަދި އެ ފްލައިޓް މިރޭ ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފަ އެވެ. ނަމަވެސް އެ ފްލައިޓުން ރާއްޖެ އައީ ކޮން ބައެއް ކަމެއް ނޭނގެ އެވެ.
މީގެކުރިން އެ ފްލައިޓުން ރާއްޖެއަށް ކުރި ދަތުރަކީ ޗާޓާޑް ދަތުރެކެވެ.
އަސްކަރީ މަރުކަޒަކަށް ވާތީ އެމެރިކާ ސަރުކާރުގެ ހުއްދަ ނެތި އެތަނަށް ދިއުމަކީ މަނާ ކަމެކެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ