ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ނަގާ ޓެކްސް 17 ޕަސެންޓަށް ބޮޑު ކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހިމެވެ. މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އޭނާ ހުށަހެޅުއްވި އެ ބިލުގެ ފުރަތަމަ ކިޔުން މާދަމާ ފަށާ މިއަހަރުގެ ފަހު ދައުރުގެ ފުރަތަމަ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.
ސަރުކާރުން ހުށަހެޅި އިސްލާހުގައިވަނީ:
- މިހާރު ނަގަމުންދާ 16 ޕަސެންޓް ޓީޖީއެސްޓީ ނަގާނީ އަންނަ އަހަރުގެ މެއިގެ ނިޔަލަށް
- ޓީޖީއެސްޓީ 17 ޕަސެންޓަށް ބޮޑު ކުރާނީ އަންނަ އަހަރުގެ ޖޫންއިން ފެށިގެން
ޓީޖީއެސްޓީ ނަގާނީ ރިސޯޓުތަކާއި ޓޫރިސްޓު ހޮޓާތަކާއި ގެސްޓްހައުސްތަކާއި ޓޫރިސްޓު އުޅަނދުތަކުން ޓޫރިސްޓުންނަށް ދޭ ހިދުމަތްތަކުންނެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ޓީޖީއެސްޓީ ނަގަން ފެށީ ރައީސް ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރުއެވެ. އެފަހަރު ޓީޖީއެސްޓީގެ ގޮތުގައި ނެގީ 3.5 ޕަސެންޓެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ޓެކްސްގެ ގޮތުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް އާމްދަނީގެ ގޮތުގައި 2.30 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އޭގެ ތެރެއިން 37.7 ޕަސެންޓަކީ ޓީޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ