އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އެސިސްޓެންޓް ޑިރެކްޓަރު އަބްދުލްހަސީބު އިސްމާއީލް އެ ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
އީސީގެ މެމްބަރު ކަމަށް ކުރިމަތިލެއްވި 13 ބޭފުޅުންގެ ތެރެއިން، ރައީސަށް ފެނިވަޑައިގެންނެވީ އަބްދުއްހަސީބު އެ މަގާމަށް އައްޔަން ކުރެއްވުމަށެވެ. ހުޅުމާލެ، ހިޔާ ފްލެޓް 05-23-11 އަބްދުލްހަސީބު އިސްމާއީލަކީ އިސްލާމިކް މިނިސްޓަރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ވެސް ފުރުއްވި ބޭފުޅެކެވެ.
އޭނާ އީސީއަށް އައްޔަން ކުރުމަށް ރައީސް މަޖިލީހަށް ފޮނުއްވެވި ސިޓީ މަޖިލީހުގެ އަމީންއާންމުގެ އެސިސްޓެންޓް ހަނާން ހުސައިން ވަނީ މިއަދުގެ ޖަލްސާއަށް އިއްވާފައެވެ.
ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް، އޭނާގެ ނަން ދިރާސާ ކުރުމަށް ފޮނުވާފައި ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ.
އިލެކްޝަންސް ކޮމިޝަނަށް މެމްބަރަކު އައްޔަން ކުރަނީ އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އަންނަ މަހުގެ 24 ވަނަ ދުވަހު މަގާމުގެ ދައުރު ހަމަވާތީއެވެ.
އީސީގެ މެމްބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުން:
އީސީގެ މެމްބަރުކަމަށް އައްޔަން ކުރަނީ ފަސް އަހަރުގެ މުއްދަތަށެވެ.
އީސީގެ މަސްއޫލިއްޔަތަކީ ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތައް ނެގުމާއި، އެ ވޯޓުތަކުގެ ނަތީޖާ ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިޢުލާންކުރުމެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ