އިންޑިއާގައި ހުންނަވާ ސަފީރުގެ މަގާމަށް ރާއްޖެ އިން ކަނޑައަޅާފައި ހުންނެވި އިބްރާހިމް ޝަހީބުގެ ސަފީރުކަމުގެ ދައުރު ހަމަވާތީ އެ މަގާމަށް އައު ބޭފުޅަކު އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްު މަޖިލީހަށް ހުށަހަޅައިފިއެވެ.
އެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސް މުއިއްޒު ހުށަހަޅުއްވާފައިވާ ނަންފުޅަކީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގައި މިހާރު ހުންނެވި އާއިޝަތު އަޒީމާއެވެ. އޭނާ އަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.
ފޮރިން ސާވިސް ގާނޫނު ބުނާ ގޮތުގައި ސަފީރު ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް އެ މަގާމުގައި ހުރެވޭނީ ތިން އަހަރު ދުވަހުގެ މުއްދަތަކަށެވެ. އިންޑިއާ އަށް ކަނޑައަޅާފައި ހުންނެވި ސަފީރު ޝަހީބު އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ރައީސް ސޯލިހުގެ ވެރިކަމުގައި 2022ވަނަ އަހަރުއެވެ. އެހެންކަމުން މިހާރު ޝަހީބުގެ ދައުރު ވަނީ ހަމަވެފައެވެ.
އިންޑިއާ އަށް ރާއްޖެ އިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމުގެ މުއްދަތު ހަމަވެ އައު ބޭފުޅަކު އެ މަގާމަށް އައްޔަން ކުރާއިރު ރާއްޖެއާ އިންޑިއާ ދެމެދު އޮތް ގުޅުން ހީނަރުވެފައި އޮތުމަށްފަހު އެ ގުޅުން މިހާރު އަނެއްކާވެސް އަންނަނީ ބަދަހިވަމުންނެވެ.
އެގޮތުން ދާދިފަހުން ރައީސް މުއިއްޒު ވަނީ އިންޑިއާ އަށް ވަޑައިގެންފައެވެ. އަދި ދެގައުމުގެ އިސްވެރިން ބައްދަލުކޮށް ދެގައުމުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާތައް ކޮށްފައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ