ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. ގެ އާއްމު މަޖިލީހުގެ 79ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާ އަށް ކުރެއްވި ދަތުރުފުޅަށް ހިނގާދިޔަ ހަރަދުތައް ރައީސް އޮފީހުން އާއްމު ކޮށްފިއެވެ.
ރައީސް އެމެރިކާ އަށް ވަޑައިގެން 9 ދުވަހު އެގައުމުގައި މަޑު ކުރެއްވިއެވެ. އެ ދަތުރުފުޅަށް ޖުމްލަ ހަރަދުވެފައި ވަނީ 2،455،583.01 ރުފިޔާއެވެ.
ރައީސް އޮފީހުން ބުނީ އެ އަދަދަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ދެ ފަހަރު އދ. ގެ ބައްދަލުވުމަށް ވަޑައިގެން ކުރެއްވި ހަރަދަށްވުރެ ވެސް ކުޑަ އަދަދެއް ކަމަށެވެ.
ރައީސް ސޯލިހުގެ ވެރިކަމުގައި ސެޕްޓެމްބަރު، 2019 ގައި އދ ގެ ބައްދަލުވުމަށް ވަޑައިގެން 11 ދުވަހު އެމެރިކާގައި ހުންނެވިއެވެ. އެ 11 ދުވަހަށް 4.2 މިލިއަން ރުފިޔާ ހަރަދުވިއެވެ. އަދި 2021ވަނަ އަހަރު ވެސް 11 ދުވަހަށް އެގައުމަށް ވަޑައިގެންނެވިއެވެ. އެ ދަތުރުފުޅަށް 5.3 މިލިއަން ރުފިޔާ ހަރަދުވި ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި