ދޮގު މައުލޫމާތު ފެތުރުމަކީ ޑިމޮކްރަސީ އަށް ނުރައްކާކުރުން ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
މި މަހުގެ 13ވަނަ ދުވަހުން ފެށިގެން 17ވަނަ ދުވަހުގެ ނިޔަލަށް ސްވިޒްލޭންޑުގެ ޖެނީވާގައި ކުރިޔަށްދާ އިންޓަ ޕާލިމަންޓްރީ ޔޫނިއަން (އައިޕީޔޫ)ގެ 149ވަނަ އެސެމްބްލީގައި ތަގުރީރު ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ ކަންކަމުގެ ހަގީގަތް ގަސްތުގައި އޮޅުވާލުމުގެ ސަބަބުން ޑިމޮކްރަސީ އަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވާ ކަމަށެވެ.
އައިޕީޔޫގެ މިފަހަރުގެ އެސެމްބްލީގައި އޮތީ ސުލްހަވެރި އަމާން އަދި ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކުރުމަށް ސައިންސާއި ޓެކްނޮލޮޖީ އަދި އީޖާދުގެ ބޭނުންހިފުން،" އެ މައުލޫއަށް ވާހަކަދެއްކުމެވެ.
އަބްދުއްރަހީމް ވިދާޅުވީ ކަންކަމުގެ ހަގީގަތް އޮޅުވާލުމުން އަރައިގަތުމަށް އާ އީޖާދުތައް މުހިއްމު ކަމަށެވެ. އެގޮތުން ވިދާޅުވީ އައިޕީޔޫގެ ސައިންސާއި ޓެކްނޮލޮޖީގެ ސުލޫކީ މިންގަނޑާ އެއްގޮތަށް އެކަން ބޭނުންކުރުމުގެ ސުލޫކީ މިންގަނޑުތަކެއް ގައުމުތަކުން އެކުލަވާލުން މުހިއްމު ކަމަށެވެ.
އަބްދުއްރަހީމްގެ ވާހަކަފުޅުގައި އާޓިފިޝަލް އިންޓެލިޖެންސްގެ ކުރިއެރުންތަކާ ބެހޭގޮތުން މައުލޫމާތު ދޭން ޖެހޭނެ އަދި މާހިރުންނާއި މުޖުތަމައާ ގުޅިގެން މަސައްކަތްކޮށް އޭއައިގެ ސަބަބުން އިންސާނިއްޔަތަށް ކުރާ ފައިދާ ކަށަވަރު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
އަދި ވިދާޅުވީ ރާއްޖެ އަކީ ނާޒުކު ތިމާވެއްޓެއް ލިބިފައިވާ ގައުމެއް ކަމަށާއި، ދިވެހީންގެ ތިމާވެށި ހިމާޔަތް ކުރުމަށް ސައިންސާއި ޓެކްނޮލޮޖީ ބޭނުންހިފުމަކީ މުހިއްމު ކަމެއް ކަމަށެވެ. މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުހެ ސަރުކާރުން ކުރާ މަސައްކަތްތައް ވެސް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.
ވިދާޅުވީ ފަސް އަހަރު ތެރޭގައި އިއާދަކުރަނިވި ހަކަތައިން ގައުމުގެ ކަރަންޓުގެ 33 ޕަސެންޓު ހަމަޖެއްސުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށާފައިވާ ކަމަށެވެ.
މަޖިލިސް ރައީސްގެ ވާހަކަފުޅު ނިންމާލެއްވީ ފަލަސްތީނުގައި އިޒްރޭލުން ހިންގާ ގަތުލްއާއްމުތައް ހުއްޓާލައި ސުލްހަ ގާއިމް ކުރުމަށް ގޮވާލައްވަމުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
އެހެންވެއްޖެ ނަމަ އެނުރަށްކާކުރުމުގެ ބޮޑުޖާހިލަކީ ތިޔައީތާ!
ބޭބެ