މާލީ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ކުރީގެ ގަވަރުނަރު އަހްމަދު ނަސީރު ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް ބަދަލުކުރެއްވުމަށްފަހު އަނެއްކާވެސް މާލީ އެޑްވައިޒަރުގެ މަގާމަށް ބަދަލުކޮށްފިއެވެ.
މާލީ އެޑްވައިޒަރުގެ މަގާމަށް ނަސީރު އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12ވަނަ ދުވަހުއެވެ. އޭނާއާއެކު ހަމަ އެ މަގާމަށް އަހްމަދު މުނައްވަރު ވެސް އައްޔަން ކުރެއްވިއެވެ. ނަމަވެސް ފަހުން އޭނާ ވަނީ މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އައްޔަން ކުރައްވައިފައެވެ.
މާލީ އެޑްވައިޒަރުގެ މަގާމުގައި ނަސީރު ހުންނަވަނިކޮށް ފޮރިން މިނިސްޓްރީ އަށް އޭނާ ބަދަލުކުރެއްވީ މިދިޔަ އޭޕްރީލް މަސް ތެރޭގައެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައިވާ ގޮތުގައި ނަސީރު އަނެއްކާވެސް ހުންނެވީ އެ މިނިސްޓްރީގެ އެޑްވައިޒަރުގެ މަގާމުގައެވެ.
މިނިސްޓަރު ފެންވަރުގައި އެޑްވައިޒަރުގެ މަގާމަށް އައްޔަން ކުރައްވާފައިވާ ނަސީރު އަލުން ފިނޭންސަށް ބަދަލުކުރައްވާފައި މިވަނީ ފޮރިން މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރު ފިނޭންސް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވިތާ ކައިރީގައެވެ. ޒަމީރު ފިނޭންސަށް އައްޔަން ކުރެއްވީ މިދިޔަ މަހުގެ 30ވަނަ ދުވަހުއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ