އިންޑިއާ އާއި ވަކިވެ ގަތުމަށް މަސައްކަތް ކުރާ ސިކުންގެ މީހަކު ކެނަޑާގައި މަރާލި މައްސަލާގައި ދެގައުމުގެ ދެމެދުގައި ނުތަނަވަސްކަން އުފެދި އެއް ގައުމުން އަނެއް ގައުމަށް ކަނޑައަޅާފައި ހުންނެވި ސަފީރުން ގައުމުތައް ދޫކޮށް ދިއުމަށް އަންގައިފިއެވެ. މި ނުތަނަވަސްކަން އުފެދުނީ ސިކުންގެ މީހާގެ މަރާ ގުޅިގެން ކެނެޑާގައި ހުންނަވާ އިންޑިއާގެ ސަފީރުގެ ނަން، "ޕާސަންސް އޮފް އިންޓަރެސްޓް" ލިސްޓުގައި ހިމެނުމުންނެވެ.
އެއާއެކު އިންޑިއާ އިން ވަނީ އެގައުމުގެ ވެރިރަށް ނިއު ދިއްލީގައި ތިއްބެވި ކެނެޑާގެ ޑިޕްލޮމެޓުން ހޮނިހިރު ދުވަހުގެ ކުރިން އިންޑިއާ ދޫކޮށް ދިއުމަށް އަންގައިފައެވެ. ކެނެޑާއިން ވެސް ވަނީ އިންޑިއާގެ ހަ ޑިޕްލޮމެޓުން އެ ގައުމުދޫކޮށް ދިއުމަށް އަންގާފައެވެ.
އިންޑިއާ އިން ވަނީ އެގައުމުގައި ތިއްބެވި ކެނަޑާގެ ޑިޕްލޮމެޓުންގެ ތެރޭގައި ހިމެނޭ ވަގުތީ ހައި ކޮމިޝަނަރާއި ޑެޕިއުޓީ ހައި ކޮމިޝަނަރާއި ފަސްޓް ސެކްރެޓަރީގެ މަގާމުގައި ތިއްބެވި ހަތަރު ބޭފުޅަކު އިންޑިއާ ދޫކޮށް ދިއުމަށް އަންގައިފައެވެ.
އިއްޔެގެ ވަގުތެއްގައި އިންޑިއާއިން ވަނީ ކެނެޑާގެ ޗާޖް ޑި އެފެއާޒް ހާޒިރުކޮށް، އިންޑިއާގެ ހައި ކޮމިޝަނަރާއި ކެނެޑާގައި ތިއްބެވި އެހެން ޑިޕްލޮމެޓުންނާއި އޮފިޝަލުންނަށް އެއްވެސް އަސާސެއް ނެތް ހަމަލާތައް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައެވެ.
ސިކުންގެ މީހާގެ މަރާ ގުޅިގެން ކެނެޑާގައި ހުންނަވާ އިންޑިއާގެ ސަފީރުގެ ނަން، "ޕާސަންސް އޮފް އިންޓަރެސްޓް" ލިސްޓަށް އެރުވި މައްސަލާގައި އިންޑިއާ އިން ބުނީ ކެނެޑާ އަށް އައްޔަން ކޮށްފައިވާ ސަފީރު ސަންޖޭ ކުމާރަކީ މީގެކުރިން ޖަޕާނާއި ސޫދާނަށް ވެސް އެގައުމުން ކަނޑައަޅާފައި ހުންނެވި ސަފީރެއް ކަމަށެވެ. އަދި އޭނާ އަކީ "އިއްޒަތްތެރި" ޑިޕްލޮމެޓެއް ކަމަށް ބުންޏެވެ.
ކެނަޑާގެ ބޮޑުވަޒީރު ޓްރޫޑޯ އަކީ އިންޑިއާއާ ދެކޮޅުވެރި ބޭފުޅެއްކަން މީގެކުރިން ވެސް ހާމަވެފައިވާ ކަމަށާއި އަދި އޭނާގެ އޭނާގެ ކެބިނެޓުގައި ހިމެނިފައި ވަނީ އިންޑިއާއާ ގުޅޭ ގޮތުން ހަރުކަށި ފިކުރާއި ވަކިވެގަތުމުގެ އެޖެންޑާއާ ފާޅުގައި ގުޅިފައިވާ ފަރާތްތަކެއް ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒު މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ