ރިޔާސީ ލޯންޗު ގޮއްވާލި މައްސަލާގައި, މުހިންމު ހެކިތަކެއް ހުއްދަ ނެތި ގެންދިޔަ ކަމަށް ތުހުމަތުކޮށް ސިފައިންގެ ވަޒީފާއިން ވަކިކުރި މީހާއަށް ގެއްލުމުގެ ބަދަލު ދޭންޖެހޭ ކަމަށް ހައި ކޯޓުން އިއްޔެެ ހުކުމްކޮށްފި އެވެ.
ކުރީގެ ރައީސް ޔާމީން އަވަހާރަކޮށްލަން ސެޕްޓެމްބަރު, 2015 ވަނަ އަހަރު ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލީ މައްސަލާގައި ސިފައިންގެ މީހެއް ކަމަށްވާ މޫސާ ޒަމީރު ހައްޔަރުކޮށް ޖަލަށްލީ ލޯންޗްގައި ހުރި ހެކިތަކެއް ހުއްދަ ނެތި ލޯންޗުން ބޭރަށް ގެންދިޔަ ކަމަށް ބުނެ އެވެ.
އޭނާގެ އިތުރުން ސިފައިންގެ އިތުރު މީހަކު ވެސް އެ މައްސަލާގައި ހައްޔަރުުކޮށް, އެ ދެ މީހުން ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.
ނަމަވެސް ފަހުން ހައި ކޯޓުން އެ މީހުންގެ ޖަލު ހުކުމްތައް ބާތިލްކުރި އެވެ. އެހެންކަމުން ސިފައިންގެ ވަޒީފާ އަނބުރާ ހޯދުމަށާއި ގެއްލުމުގެ ބަދަލު ހޯދުމަށް ޒަމީރު ދައުވާ ކުރުމުން ސިވިލް ކޯޓުން ނިންމާފައި އޮތީ ވަޒީފާ އާއި ގެއްލުމުގެ ބަދަލު ދޭން ނުޖެހޭ ކަމަށެވެ.
އެ މައްސަލަ ޒަމީރުގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އޭނާ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށެވެ. ނަމަވެސް ގިނަ ދުވަސްވެފައިވާތީ ޒަމީރަށް އަލުން ވަޒީފާ ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުބެލެވޭ ކަމަށާއި އެހެންކަމުން އޭނާއަށް ބަދަލު ދޭން ޖެހޭނެ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ބަދަލުގެ މިންވަރު ކަނޑައެޅުމަށްޓަކައި ސިވިލް ކޯޓަށް އެ މައްސަލަ ފޮނުވީ ކަމަށް ހުކުމުގައިވެ އެވެ.
އެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު ބައެއްގެ މައްޗަށް ވެސް ޖަލު ހުކުމްތައް އިއްވި ނަމަވެސް ފަހުން އެ ހުކުމްތައް ވެސް ވަނީ ބާތިލްކޮށްފަ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ