ފެލިވަރު މަސް ފެކްޓަރީގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ބޮޑުކުރުމުގެ މަސައްކަތް އަވަސް ކުރުމާ ގުޅޭގޮތުން އިންޑިއާ ހައި ކޮމިޝަނާއި އެގްޒިމް ބޭންކާއެކު މަޝްވަރާކޮށްފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ފެލިވަރުގައި އަޅާ މަސް ރައްކާކުރާ ފެސިލިޓީގެ މަސައްކަތް އަވަސްކޮށް، މަސްވެރިންނަށް ހިދުމަތް ދިނުން އަވަސް ކުރުން ކަމަށެވެ. އެ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އުތުރުގައި މަސްވެރިކަން ކުރާ މަސްވެރިން ބާނާ މަސް ގަނެ ރައްކާކުރުމަށް ފަސޭހަވެގެން ދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
ފެލިވަރު މަސް ފެކްޓަރީގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ބޮޑުކުރުމަށް ހިންގާ މަޝްރޫއުގެ މަސައްކަތް މޮނިޓާކޮށް، މަސައްކަތް އަވަސް ކުރުމަށް ކުރަންޖެހޭ ކަންތައްތައް ދެނެގަތުމަށް މަސްވެރި ވުޒާރާއާއި އިންޑިއާގެ އެގްޒިމް ބޭންކުގެ ޓެކްނިކަލް ޓީމެއް މިއަހަރުގެ ޖުލައި 17 ވަނަ ދުވަހު ވަނީ ފެލިވަރަށް ގޮސްފައެވެ.
ފެލިވަރުގައި 4000 ޓަނުގެ ކޯލްޑު ސްޓޯރޭޖެއް އެޅުމަށް އިންޑިއާގެ ކުންފުންޏަކާއި ހަވާލު ކޮށްފައި ވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައެވެ. އެ މަސައްކަތް ހަވާލުކުރީ އިންޑިއާގެ ރައިނެކް އިންޑިއާ ލިމިޓެޑާއެވެ.
އެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ. 4000 ޓަނުގެ ކޯލްޑު ސްޓޯރޭޖުގެ އިތުރުން 200 ޓަނުގެ ބްރައިން ފްރީޒަރެއްގެ އިތުރުން 80 ޓަނުގެ ރެފްރިޖެރޭޓިން ސީ ވޯޓާ ފެސިލިޓީއެއް ފެލިވަރުގައި ގާއިމުކުރާނެ އެވެ.
އަދި، މި މަޝްރޫޢުގެ ދަށުން ގއ. ގެމަނަފުށީގައިވެސް 50 ޓަނުގެ އައިސް ޕްލާންޓަކާއި 100 ޓަނުގެ އައިސް ސްޓޯރޭޖެއް ގާއިމުކުރާނެ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ