ކޮންސަލްޓިންގ ދާއިރާގައި ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ކުންފުނި މެކިންޒީ އެންޑް ކޮމްޕެނީގެ ޗައިނާ އޮޕަރޭޝަންގައި ގެންގުޅޭ މުވައްޒަފުންގެ ތިންބައިކުޅަ އެއް ބައި މުވައްޒަފުން ކަނޑާލުމަށް އެ ކުންފުނިން ނިންމައިފިއެވެ.
ވޯލް ސްޓްރީޓް ޖާނަލްއިން ބުނާ ގޮތުން ކުންފުނީގެ އެތެރޭގެ ހިންގުމަށް ބަދަލުތަކެއް ގެނައުމަށްފަހު، ޗައިނާގެ ސަރުކާރާއި ގުޅުން ހުރި އިދާރާތަކާއި ކުންފުނިތަކަށް ކޮންސަލްޓިންގ ޚިދުމަތްދިނުން މަދުކުރުމަށް މެކިންޒީ އިން ވަނީ ނިންމާފައެވެ. ޗައިނާގައި ވިޔަފާރިކުރުމުގެ ސަބަބުން ބައިނަލްއަގްވާމީ ގޮތުން ދިމާވެދާނެ ފިއްތުންތަކުން ސަލާމަތްވުމަށް މެކިންޒީއިން ގެންދަނީ އެކުންފުނީގެ ޗައިނާ ވިޔަފާރި އާއި އެހެން ވިޔަފާރިތައް ވަރަށް ބޮޑަށް ދުރުކުރަމުންނެވެ.
ޗައިނާގެ އިތުރުން ހޮންކޮންގާއި ޓައިވާނުގައި ކުރަމުންދާ ވިޔަފާރި ވެސް ކުޑަކޮށް މަޑުޖައްސާލުމަށް އެކުންފުނިން ދަނީ މަސައްކަތްކުރަމުންނެވެ. މެކިންޒީއިން ޗައިނާގެ މުވައްޒަފުންގެ އަދަދު މަދުކުރިއިރު، އެމެރިކާގައި އޯޕިއޮއިޑް އުފައްދާ ކުންފުނިތަކަށް މެކިންޒީއިން ވެދިން އެހީތެރިކަމުގެ މައްސަލައިގައި މިހާރު ކުރިއަށްދާ ތަހުގީގުގައި 500 މިލިއަން ޑޮލަރުގެ އެއްބަސްވުމަކަށް ފެޑެރަލް ޕްރޮސިކިއުޓަރުންނާއެކު ވަނީ އާދެވިފައެވެ.
އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ތުހުމަތުކުރާ ގޮތުގައި އެމެރިކާގައި އޯޕިއޮއިޑް ބޭނުންކުރުން އާއްމުވެ، އިޖްތިމާއީ ވަބާއަކަށް އެކަންވީ މެކިންޒީއިން އެބޭސްތައް ބޭނުންކުރުން އާއްމުކުރުމަށް ބޭސް އުފައްދާ ކުންފުނިތަކަށް ވެދިން އެހީތެރިކަމުގެ ސަބަބުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ