ގދ. ނަޑެއްލާގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ޕިކަޕެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން މިއަދު ބުނީ ބަނދަރުމަތީގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް އެތަނުގައި މަޑު ކޮށްފައި އޮތް ޕިކަޕެއްގެ ކައިރީގައި ހުރި މީހެއްގެ ގައިގައި ޖެހިފައިވާ ކަމަށް ރޭ 12:05 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެ ހާދިސާގައި ސައިކަލުގައި އިން ދެ މީހުންނާއި ޕިކަޕު ކައިރީގައި ހުރި މީހާ އަށް އަނިޔާވެގެން ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ގެންގޮސް ފަރުވާ ދޭން ފެށި ކަމަށް ފުލުހުން ބުންޏެވެ.
އަދި ސައިކަލު ދުއްވަން އިން މީހާ އާއި ޕިކަޕު ކައިރީގައި ހުރި މީހާ އަށް އިތުރު ފަރުވާ ދިނުމަށް މިއަދު މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް ބުންޏެވެ.
ސައިކަލު ދުއްވާފައި ވަނީ ލައިސަންސް ނެތް ފަރާތެއް ކަމަށާއި އެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި