ބުޅާ މަހުން ކާ އެއްޗެހި ހަދާ ކަމުގެ ތުހުމަތުގައި އަރަފާތު ހުސައިން ނަމަކަށް ކިޔާ ބަންގްލަދޭޝް މީހަކު ހައްޔަރުކޮށް ފުލުހުން ކުރަމުން ގެންދިޔަ ތަހުގީގު ނިންމާލައިފިއެވެ.
ފުލުހުން ބުނީ އެ ތަހުގީގު ނިންމާލީ ބުޅާ މަހުން ކާތަކެތި ތައްޔާރު ކުރާ ކަމުގެ އެއްވެސް ހެއްކެއް ނެތުމުންނާއި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އަރަފާތުގެ މައްޗަށް ދައުވާ ކުރެވޭނެ ވަރަށް ހެކި ވެސް ނެތުމުން ކަމަށެވެ.
އަދި ބުނީ އެ މައްސަލާގައި ތުހުމަތުވާ އަރަފާތު ފުލުހުން މޯލްޑިވްސް އިމިގްރޭޝަނާ ހަވާލު ކޮށްފައިވާ ކަމަށެވެ. އޭނާ މިހާރު ރާއްޖޭން ޑީޕޯޓު ކޮށްލާފައިވާ ކަމަށްވެސް ބުންޏެވެ.
މި މީހާއާ ގުޅޭ ވާހަކަ އެންމެ ފުރަތަމަ ފެންމަތި ކުރީ ފެލީން ވެލްފެއާ އޯގަނައިޒޭޝަނުންނެވެ. އެ އޯގަނައިޒޭޝަން އަކީ ބުޅާތަކުގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާއެކެވެ. އަދި އެ މީހާއާ ސުވާލުކުރާ ވީޑިއޯއެއް ވެސް ވަނީ އާއްމުވެފައެވެ.
އަރަފާތާ ގުޅޭ ގޮތުން އޭނާ ދިރިއުޅޭ ގެ ކައިރި އަވައްޓެރިން ބުނީ އަރަފާތު، ދަންވަރު ކައްކަން ފަށާ ގޮތަށް ހުއްޓާލަނީ ހަވީރުއެވެ.
އޭނާގެ އުނދަގޫ ބޮޑުވެގެން، އެ ގޯޅިގަނޑުގައި ދިރިއުޅޭ މީހުން އެތައް ފަހަރަކު އެނާއަށް ނަސޭހަތް ދިނެވެ. ޖަވާބުގައި އަރަފާތު ބުނަނީ އޭނާ އެތަނުން ބޭރު ނުކުރެވޭނެ ކަމަށެވެ. އަދި އެ މަސައްކަތް ވެސް ނުހުއްޓުވޭނެ ކަމަށެވެ.
އަރަފާތު އިންޒާރު ދިން ދިވެހިންގެ ކައިރީގައި އޭނާއަކީ ބަންގުލަދޭޝްގައި މީހުން މަރާފައިވާ މީހެއް ކަމަށާއި އެހެންކަމުން އޭނާއާ ނުބެހުމަށް ވާހަކަ ދައްކާފައިވެއެވެ.
އޭނާ އާންމުކޮށް ކައްކަނީ ބިދޭސީންނަށެވެ. ނަމަވެސް ސަބްމެރިން އާއި ބާގާފަދަ ތަކެތި، ހަދައި ފިހާރަތަކަށް ވިއްކަން ލާ ކަމަށްވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ކީއްވެތަ ކުށެެއްނެތް މައުސޫމުމީހަކު ޑީޕޯޓުކޮށްލީ އަދަބު ދިނީ.؟؟؟
ބުޅާ