ރައްޔިތުން މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމުން ހަސަން ޒިޔާއު (ޒިޔާ) ކުއްލި ގޮތަކަށް ވަކިކޮށްފިއެވެ.
އޭނާ މަގާމުން ވަކިކުރި ކަމަށް މަޖިލީހުގެ އިދާރާ އިން ބުނީ ޕާލިމަންޓަރީ ސާވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވުމުގެ ސަބަބުން ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.
މަޖިލީހުގެ މީޑިއާ ގްރޫޕަށް ޒިޔާއު ހިއްސާކުރި މެސެޖެއްގައި ބުނީ
މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޑިރެކްޓަރު ކޮމިއުނިކޭޝަންސްގެ މަގާމުން އޭނާ ވަކިކޮށްފައިވާ ކަމަށެވެ. ޑިރެކްޓަރު ކޮމިއުނިކޭޝަންގެ މަގާމަކީ ސިޔާސީ މަގާމަކަށް ނުވާއިރު އޭނާ ވަކިކޮށްފައިވަނީ ޕާލަމެންޓަރީ ސާވިސަސްގެ ގަވާއިދާ ހިލާފަށް ކަމަށް ވެސް ޒިޔާއު ބުންޏެވެ.
"ޕާލަމެންޓަރީ ސާވިސަސް ގަވާއިދާ ހިލާފަށް އެ ގަވާއިފުގައި ބަޔާންކުރާ އިޖުރާއަތްތަކާ ދެކޮޅަށް, ނޯޓިސް ދިނުމަކާ ނުލާ އަވަސް އަރުވާލައިގެން ވަޒީފާއިން ވަކިކުރުމުގެ މަގުސަދުގައި ޕާލަމެންޓަރީ ސާވިސް ގަވާއިދުގެ ކޯޑު އޮފް ކޮންޑަކްޓާ ހިލާފުވި ކަމަށް ބުނެ ވަކިކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިސްވެރިން, ހާއްސަކޮށް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާއާއި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ރަޝީދު އާއި ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަހުމަދު ފާއިޒު އަދި ޑިރެކްޓަރ ފޮރިން ރިލޭޝަންސް ޒުއްޔިނާ ބަދުރީގެ ބައެއް ނިންމުންތަކާ ދެކޮޅަށް އަޅުގަނޑު ވާހަކަ ދައްކާފައިވާތީ, ޒާތީ ހަސަދަވެރިކަން ފިލުވުމަށްކަމަށް ދެކެމެވެ،" ޒިޔާއު ބުންޏެވެ.
އޭނާ ބުނީ އެ ނިންމުންތަކަކީ ބެކް ޑޭޓްކޮށް ބައެއް ޕްރޮކިއުމަންޓް ރިކުއެސްޓްތަކުގައި ސޮއި ކުރުމަށް ދެކޮޅު ހެދުން ކަމަށެވެ.
ޕަލަމެންޓަރީ ސާވިސްގެ ގަވާއިދާ ހިލާފަށް ރާވައިގެން އޭނާ ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އަދި މަޖިލީހުގެ އާންމު ކޮމިޓީއަށް ހުށަހަޅާނެ ކަމަށް ވެސް ޒިޔާއު ބުންޏެވެ.
އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރަން: ރައީސް
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި