އެކި ފަހަރުތައް މަތީން ރާއްޖެ އިން ގިނަ އަދަދެއްގެ ޑޮލަރު ބޭރު ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށާއި އެފަދަ ފަސް މައްސަލައެއް ފާހަގަވެފައިވާ ކަމަށް ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އެހެން އިދާރާތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދިޔާނާ ވިދާޅުވީ ރާއްޖެއަށް އެތެރެކުރާ ނުވަތަ ރާއްޖެއިން ބޭރުކުރާ ނަގުދު ފައިސާ ރިޕޯޓުކުރުމުގެ ގަވާއިދާ ހިލާފްވި 5 މީހެއްގެ މައްސަލަ ތަހުގީގުކޮށްފައިވާ ކަމަށެވެ.
ދިޔާނާ ވަނީ 17 ނޮވެމްބަރު 2023 އިން ފެށިގެން މިއަދާ ހަމައަށް މަސްތުވާތަކެތީގެ 62 މައްސަލަ ރެކޯޑް ކުރެވިފައިވާ ކަމަށާއި އަދި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 114 ކިލޯއަށް އަރާ ކަމަށް ވިދާޅުވެފައެވެ.
"މި ކޭސްތަކުގެ ޖުމްލަ އަދަދަކީ 320,171.29 ޑޮލަރު. މި މައްސަލަތަކުގައި ބަންގްލަދޭޝްގެ ތިން މީހަކާއި އިންޑިއާ މީހެއްގެ އިތުރުން ސްރިލަންކާ މީހެއް ހިމެނޭ،" ދިޔާނާ ވިދާޅުވިއެވެ.
ކަސްޓަމްސް އިން ރަލުގެ ބާވަތްތައް ދޫކުރާ ސަފާރީތަކުން އަމަލު ކުރަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބެލުމަށްޓަކައި ސަފާރީތައް ބަލާފާސްކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ. އެގޮތުން ގަވާއިދާ ހިލާފްވެގެން 6 ސަފާރީއެއް ޖޫރިމަނާކޮށް އެ މައްސަލަތައް ތަހުގީގު ކުރަމުން އަންނަ ކަމަށް ދިޔާނާ ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ