ފާއިތުވި 11 މަސްދުވަހުގެ ތެރޭގައި 328 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ހިފަހައްޓާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އެހެން އިދާރާތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ރަލާއި، ޑްރަގްއެއްކޮށް 328 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ހިފަހައްޓާފައިވާ ކަމަށެވެ.
ރާއްޖޭގައި ގޭންގް ހަދައިގެން ކުށްކުރުމާއި ޑްރަގުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ މައްސަލައަށް ދާއިމީ ހައްލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހޯމްލޭންޑް މިނިސްޓްރީ އަށް މަތިކޮށްފައިވާ މަސައްކަތެކެވެ.
މިކަމުން އަންގައިދެނީ ރާއްޖޭގެ މާހައުލުގައި މިކަން މަސްތުވާތަކެތީގެ ވަބާ އޮތް މިންވަރު ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ. އަދި ވިދާޅުވީ ހޯމްލޭންޑް މިނިސްޓްރީންނާއި އެ މިނިސްޓްރީ އާއި ގުޅިފައިވާ ކަމާގުޅުންހުރި އިދާރާތައް ގުޅިގެން ޓާގެޓްކުރަނީ ރައީސް މުއިއްޒުގެ މިދައުރުގެ ތެރޭގައި މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކަމަށެވެ.
"ޑްރަގާއި ގޭންގުގެ މައްސަލާގަ އަޅުގަނޑުމެންގެ ދާއިމީ ހައްލާ ދިމާލަށް މަސައްކަތްކުރާއިރު ގެންނަން ބޭނުންވާ އެންމެ ބޮޑު ބަދަލަކީ މިހާރު އޮތް ދެ ޤާނޫނަށް ގެންނަން ބޭނުންވާ އިސްލާހުތައް،" އިހުސާން ވިދާޅުވިއެވެ.
އެ ދެ އިސްލާހު ޑްރާފްޓްކުރެވި މިހާރު އޭޖީ އޮފީހަށް ފޮނުވާފައިވާ ކަމަށާއި މި ދައުރުގެ ތެރޭގައި އެ ބިލްތައް ގާނޫނަކަށް ބަދަލުވެގެންދާ މިންވަރަށް އޭޖީ އޮފީހުން މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އިހުސާން ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ