ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ މުސާރަ 50 ޕަސެންޓަށް ކުޑަކޮށް، ސިޔާސީ މީހުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމުމަށް އެއްބާރުލުން ދެއްވުމަށް މަޖިލިސް ރައީސްގެ މުސާރަ އިން ވެސް 50 ޕަސެންޓު އުނި ކުރުމަށް ނިންމައިފިއެވެ.
މަޖިލިސް ރައީސް އަބްދުއްރަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ދައުލަތުގެ އިގްތިސޯދީ ހާލަތު ރަނގަޅު ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރައިން %10 ކުޑަ ކުރެއްވުމަށް ނިންމެވި ނިއްމެވުމަށް އެއްބާރުލުން ދިނުމުގެ ގޮތުން އެމަނިކުފާނުގެ މުސާރައިން %50 ނުނަގާ ގޮތަށް ނިންމާފައިވާ ކަމަށެވެ.
މަޖިލީހުގެ ރައީސްގެ މިހާރުގެ މުސާރައަކީ 73،125 ރުފިޔާއެވެ. ނަމަވެސް މަޖިލިސް ރައީސް މުސާރައިގެ %50 ނުނަންގަވަން ނިންމުމާއެކު ދެން ނަންގަވާނީ 36،562.5 ރުފިޔާއެވެ.
ހަރަދު ކުޑަކުރުމަށް ދައުލަތުގެ މުސާރަތަކަށް ގެންނަވަން ނިންމެވި ބަދަލުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރެއްވީ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓް ހުށަހަޅާއިރު، މުސާރައަށް އެ ބަދަލު ގެންނަވާނެ ކަމަށެވެ.
މުސާރައަށް ގެންނެވި ބަދަލު:
- މަޖިލިސް މެމްބަރުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުން
- ކުންފުނިތަކުގެ ވެރީންނަށް 90،000 ވުރެ ބޮޑު މުސާރައެއް ނުދިނުން
- ސަރުކާރު ކުންފުނިތަކުގެ މުސާރައިން 10 ޕަސެންޓް އުނިކުރުން
- މިނިވަން މުއައްސަސާތަކުގެ ވެރީންގެ މުސާރައިން 10 ޕަސެންޓް އުނިކުރުން
- ޖުޑިޝަރީ އިސްވެރިންންގެ މުސާރައިން 10 ޕަސެންޓް އުނިކުރުން
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ