ސަރުކާރުން ސިޔާސީ މަގާމުތަކަށް އައްޔަން ކޮށްފައިވާ ފަރާތްތަކުގެ އަދަދު ހާމަ ކުރުމަށް ގޮވާލާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް މީކާއީލް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައި ވަނީ، ހަރަދުތައް ކުޑަކުރުމަށް މުއައްސަސާތަކާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ހިމެނޭ ފަރާތްތަކުގެ މުސާރަ ކުޑަކުރުމަށް އިއުލާނު ކޮށްފައިވާއިރު، ސިޔާސީ މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާފައިވާ ފަރާތްތަކުގެ އަދަދާއި އެ ފަރާތްތަކުގެ މަގާމުގެ މަސްއޫލިއްޔަތު ހާމަ ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރަށް ގޮވައިލާ ކަމަށެވެ.
އެ މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް 8 މެންބަރުން ވޯޓު ދެއްވިއިރު ކުއްލި މައްސަލަ ބަލައިގަތުމާ ދެކޮޅަށް 59 މެންބަރުންނެވެ.
ސަރުކާރުން ހާމަ ކޮށްފައިވާ މައުލޫމާތުތަކުގައިވާ ގޮތުގައި ސިޔާސީ މުވައްޒަފުންގެ އަދަދު މިވަގުތު އުޅެނީ 1200ގައެވެ. ނަމަވެސް މިއީ ސައްހަ އަދަދެއް ނޫން ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
މިއަދު މަޖިލީހަށް ސަރުކާރުގެ ފަރާތުން ވަނީ މިއަހަރުގެ ބަޖެޓަށް އިތުރު 5.1 ބިލިއަން ރުފިޔާ އިތުރު ކުރުމަށްޓަކައި ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅައިފައެވެ.
ސަޕްލިމަންޓްރީ ބަޖެޓުގެ އެންމެ ބޮޑު ހޭދައެއް ކުރުމަށް ހިމަނާފައި ވަނީ ޕަބްލިކް އިންވެސްޓްމަންޓް ޕްރޮގްރާމު (ޕީއެސްއައިޕީ) އަށެވެ. އެއީ ދެ ބިލިއަން ރުފިޔާއެވެ. ދެވަނަ އަށް އެންމެ ބޮޑު ހޭދައެއް ކުރަނީ ސަބްސިޑީއަށެވެ. އެއީ އެއް ބިލިއަން ރުފިޔާއެވެ. މުސާރަ އަށް ހޭދަ ކުރުމަށް ސަޕްލިމަންޓްރީ ބަޖެޓުގައި ހިމަނާފައި ވަނީ 24 މިލިއަން ރުފިޔާއެވެ.
ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ސިޔާސީ ފަރާތްތަކުގެ މުސާރަ އަށް ކުރާ ހޭދައަކީ ސަރުކާރުގެ މުޅި މުސާރަ އާއި އިނާޔަތްތަކަށް ހޭދަކުރާ މިންގަނޑުގެ ހަތަރު ޕަސެންޓަށް ވުރެ ދަށް އަދަދެއް ކަމަށް ވިދާޅުވެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ