ގއ. ވިލިނގިލީ ދެކުނު ފަރާތުން 11 ބިމެއް ގެސްޓްހައުސް އަދި ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތައް ހިންގުމަށް ކުއްޔަން ދޭން ހުޅުވާލައިފިއެވެ.
ސަރުކާރުގެ ގެޒެޓްގައި ވިލިނގިލީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޑިސެންބަރު 11ގެ ކުރިން ބިޑް ހުށަހެޅުމަށް އެދޭ ކަމަށެވެ. ބިޑް ރަޖިސްޓްރޭޝަން ފޯމް ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު މެންދުރުފަހު 1:00 އަށެވެ.
ވިލިނގިލީ ކައުންސިލުން ކުއްޔަށް ދިނުމަށް ހުޅުވާލާފައިވާ 11 ބިމަކީ އެ ރަށުގެ ދެކުނު ފަރާތު މޫދާ ކައިރިން ދޫކުރަން ނިންމާފައިވާ ބިންތަކެކެވެ. އާބާދީގައި 3،000 ވުރެ ގިނަ މީހުން ދިރިއުޅޭ ވިލިނގިއްޔަކީ އަތޮޅުގެ ވެރިކަން ކުރާ ރަށެވެ.
ފަސް މިނެޓުން ކޫއްޑޫ އެއާޕޯޓަށް އެ ރަށަށް ދެވޭނެއެވެ.
ހުވަދު އަތޮޅަކީ ރާއްޖޭގައި ޓޫރިޒަމް ކުރިއަރަމުން އަންނަ އެއް އަތޮޅެވެ. އެ އަތޮޅުގައި ހަ ރިސޯޓު ހިންގަމުންދެއެވެ. އިތުރު ރަށްތައް ރިސޯޓު ހެދުމަށް ދޫކޮށްފައިވެއެވެ.
ހުވަދު އަތޮޅުގައި މަޝްރޫއު ޑައިވިން ޕޮއިންޓުތަކެއް ހުރެއެވެ. މީގެ އިތުރުން ސަފާރީތަކުން އަންނަ ޓޫރިސްޓުން ވިލިނގިއްޔާ ގުޅިފައިވާ ކަނޑުއޮޅިތަކަށް ފީނައި، ޑައިވްކޮށް ހަދައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ