ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުތަކަށް ހިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.
ރައްޔިތުން މަޖިލީހުގެ އިދާރާ އިން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނީ މާލިއްޔަތު ކޮމެޓީ އަދި އިގްތިސޯދީ ކޮމެޓީގެ ގުޅިފައިވާ ސަބް ކޮމެޓީން ދިރާސާ ކުރަމުން އަންނަ ހަތަރު ބިލަކަށް އާއްމުންނާއި މަދަނީ ޖަމިއްޔާތަކުން ދޭން ބޭނުންވާ ހިޔާލުތައް ހުށަހެޅުމަށް ހުޅުވާލާ ކަމަށެވެ.
ހިޔާލު ހޯދާ ބިލުތައް:
- މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު
- ޓޫރިޒަމާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު
- ދިވެހިރާއްޖޭގެ އެއާޕޯޓުތަކުން ފުރާ ބޭރުގެ ޕަސިންޖަރުންގެ އަތުން ނަގާ ޓެކްސް އާއި ފީ ނެގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު
- އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު
މި ބިލުތަކަށް ހިޔާލު ހުށަހަޅާ ފަރާތްތަކުން މާދަމާގެ މެންދުރު 14:00ގެ ކުރިން ހިޔާލު ހުށަހެޅުމަށް މަޖިލިސް އިދާރާއިން އެދިފައިވެއެވެ.
ސަރުކާރުން ވަނީ ޓީޖީއެސްޓީ 17 ޕަސެންޓަށް ބޮޑު ކުރުމަށް ހުށަހަޅައިފައެވެ. އަދި ގްރީން ޓެކްސްގެ ގޮތުގައި ކޮންމެ ދުވަހަކު ޓޫރިސްޓެއްގެ އަތުން ނަގަމުންދާ ހަ ޑޮލަރު، އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން 12 ޑޮލަރަށް ބޮޑު ކުރުމަށް ވެސް ހުށަހަޅާފައިވެއެވެ.
މީގެއިތުރުން އަންނަ މަހުން ފެށިގެން ދުންފަތުން ނަގާ ޑިއުޓީ ބޮޑު ކުރުމަށް ވެސް ވަނީ ނިންމައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ