ޖަރުމަންވިލާތުން ބޭރު ގައުމުތަކާއެކު ކުރާ ވިފާރިތައް މިހާރަށްވުރެ ފުޅާކޮށް، އަދި އިތުރު ގައުމުތަކާއެކު ވިޔަފާރިކުރުމަށް އެ ގައުމުގެ އޯލާފް ޝްލޯޒް ގޮވާލައްވައިފިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ އެކު އިންޑިއާގެ ވެރިރަށް ދިއްލީގައި އޭޝިއާ ޕެސިފިކް ކޮންފަރެންސް އޮފް ޖަރމަން ބިޒްނަސް ހުޅުވައިދެއްވަމުން އޯލާފް ވިދާޅުވީ ޚާއްސަކޮށް ސްޓްރެޓީޖިކް ޚިދުމަތްތަކާއި ރޯ މެޓީރިއަލް ހޯދުމުގައި ވަކި ގައުމަކަށް ބަރޯސާވުން ކުޑަކޮށް، އެހެން ގައުމުތަކާ ގުޅިގެންވެސް މަސައްކަތްކުރަން ޖެހޭކަމަށެވެ.
ޖަރުމަންވިލާތުން މިހާރު މަސައްކަތް ކުރަމުންދަނީ ޗައިނާއާއެކު އޮންނަ ވިޔަފާރީގެ ގުޅުމަށް އެކަނި ބަރޯސާނުވެ، އޭޝިއާ ސަރަހައްދުގެ އެހެން ގައުމުތަކާއެކުވެސް މަސައްކަތްކުރުމަށެވެ. އެގޮތުން ޚާއްސަކޮށް އިންޑިއާއާއެކު ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރަމުން އަންނަ މި ދަނޑިވަޅުގައި އޯލާފް ވަނީ ގިނަ އަދަދެއްގެ ވަޒީރުންނާއި އަދި ވިޔަފާރިވެރިންނާއެކު ދިއްލީއަށް ވަޑައިގެން، ނިމުނު ހަފްތާ ބަންދުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
ވިލާތުގެ އިއްތިޙާދާއި އިންޑިއާއާ ދެމެދު ގާއިމުކުރުމަށް މަސައްކަތްކުރަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ފައިނަލްކުރުމަށް ޖަރުމަންވިލާތުން ދަނީ ބާރު އަޅަމުންނެވެ. އެގޮތުން އަހަރުތަކެއްގެ ބަދަލުގައި މަސްތަކެއްގެ ތެރޭގައި އެމަސައްކަތް ނިމޭނެކަމަށް އުއްމީދުކުރައްވާކަމަށް ޖަރުމަންވިލާތުގެ ޗާންސެލަރ ވަނީ މި ދަތުރުފުޅުގައި ދިއްލީގައި ވިދާޅުވެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ