ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުން އަލީ ސަމީރު އިސްތިއުފާ ދެއްވައިފި އެވެ.
ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ސަމީރު ޑެޕިއުޓީ ޕީޖީގެ މަގާމަށް އައްޔަން ކުރެއްވީ މެއި، 2022 ގަ އެވެ.
ސަމީރު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެއަކީ ޕީޖީ އޮފީހުގައި އޭނާގެ އެންމެ ފަހު ދުވަސް ކަމަށެވެ. އަދި އެކުގައި މަސައްކަތްކުރި އެންމެންނަށް ޝުކުރު އަދާކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަމީރު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވީ ޕީޖީގެ މަގާމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީީފް އައްޔަން ކޮށްފައި ވަނިކޮށެވެ. ސަމީރާއި އައްބާސަކީ ހައި ކޯޓުގެ ފަނޑިޔާރުކަން އެއްކޮށް ކުރެއްވި ދެ ބޭފުޅުންނެވެ.
ޑެޕިއުޓީ ޕީޖީއަކަށް ދެން މަހުމޫދު ސަލީމް އެކަންޏެވެ.އެ މަގާމަށް ބޭފުޅުން އައްޔަންކޮށް، ވަކިކުރާނީ ޕްރޮސެކިއުޓާ ޖެނެރަލެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމުގައި 10 އަހަރަށް ވުރެ ގިނަ ދުވަސް އަދި ސިވިލް ކޯޓުގެ އިސްގާޒީ ކަން ވެސް ކުރެއްވި ސަމީރު ހައި ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވީ މީގެ ދެ އަހަރު ކުރިންނެވެ. އޭނާއަކީ މިސްރުގެ އަޒްހަރު ޔުނިވަސިޓީންނާއި މެލޭޝިއާއިން ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރެއްވި އަދި ހައި ކޯޓުގައި މަޝްހޫރު ބޮޑެތި މައްސަލަތަކެއް ބެއްލެވި ބޭފުޅެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ