"ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން" އަލުން އެކުލަވާލުމުން، ބިންވެރިޔާ ސްކީމުގެ ދަށުން ކުރިން ގުޅީފަޅުން ގޯތި ލިބުނު މީހުންނާއި ގިރާވަރުފަޅުން ގުޅީފަޅަށް ގޯތި ބަދަލުކުރި މީހުންގެ މެދުގައި މިއަދު ގުރުނަގަން ފަށައިފިއެވެ.
ދަރުބާރުގޭގައި ކުރިއަށް ދަނީ 1250 އަކަފޫޓުން ފެށިގެން 3650 އަކަފޫޓާ ދެމެދުގެ 3520 ގޯއްޗެއްގެ ގުރުއަތުލުމެވެ. އެގޮތުން ހަ ސައިޒެއްގެ ގޯތިތައް ގުރުލުމަށް ހަ ފޮށްޓެއް ދަރުބާރުގޭގައި ބަހައްޓާފައިވެއެވެ. ގުރު ނަގަނީ ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް މިނިސްޓްރީން މުވައްޒަފުންނެވެ.
ގުރުއަތުލުން ފަށާފައި ވަނީ މިއަދު ހެނދުނު 9:00ގައެވެ. ބެލެވޭ ގޮތުގައި ގުރުނެގުން މިއަދު ހަވީރާ ހަމައަށް ކުރިއަށް ގެންދާނެއެވެ.
ގުރުނަގާތަން ބެލުމަށް ގޯތި ލިބޭ ގިނަ ފަރާތްތަކުން ދަރުބާރުގެއަށް ވަނީ ޖަމާވެފައެވެ. ގުރު ނަގާތަން ބެލުމަށް ވަޑައިނުގެންނެވޭ ބޭފުޅުންނަށް ވަގުތުން ނަތީޖާ ބަލާލެވޭ ގޮތަށް ހިޔަވާހި ޕޯޓަލް ވަނީ ތައްޔާރުކޮށްފައެވެ. އަދި އެސްއެމްއެސް މެދުވެރިކޮށް، ގޯތީގެ ވެރިފަރާތްތަކަށް ނަތީޖާ ލިބޭ ގޮތަށް ވަނީ ހަދާފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ދެންލިބޭނީ މިސަރުކާރުން ދެއްވި ގޯއްޗެއް ދެއްތޯ!
އެލަންގެލަން