އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އެސިސްޓެންޓް ޑިރެކްޓަރު އަބްދުލްހަސީބު އިސްމާއީލް އެ ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ނިންމައިފިެވެ.
އީސީގެ ރައީސް ފުއާދު ތައުފީގުގެ ދައުރު އަންނަ މަހުގެ 24 ވަނަ ދުވަހު ހަމަވާތީ، އެ ކޮމިޝަންގެ މެމްބަރު ކަމަށް އަބްދުލްހަސީބު އައްޔަން ކުރަން މަޖިލީހަށް ފޮނުއްވެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ހަސީބުގެ ނަން ރައީސް ހުށަހެޅުއްވީ އެ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލެއްވި 13 ބޭފުޅުންގެ ތެރެއިންނެވެ.
މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އޭނާގެ ނަން ފާސްކުރީ ކޮމެޓީއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވެޑައިގެންނެވި ހަތް މެމްބަރުންގެ އިއްތިފާގުންނެވެ.
ހުޅުމާލެ، ހިޔާ ފްލެޓް 05-23-11 އަބްދުލްހަސީބު އިސްމާއީލަކީ އިސްލާމިކް މިނިސްޓަރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ވެސް ފުރުއްވި ބޭފުޅެކެވެ.
އީސީގެ މެމްބަރުކަމަށް އައްޔަން ކުރަނީ ފަސް އަހަރުގެ މުއްދަތަށެވެ.
އީސީގެ މަސްއޫލިއްޔަތަކީ ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތައް ނެގުމާއި، އެ ވޯޓުތަކުގެ ނަތީޖާ ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިޢުލާންކުރުމެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ