އަވައްޓެރި އިންޑިއާ އަދި ސައުދީ އަރަބިއްޔާ އަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރުންގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވައިފިއެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ، ރިޕަބްލިކް އޮފް އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަަފީރުކަމަށް، އައްޔަން ކުރެއްވީ މާފަންނު ބީނާފުށި، އާއިޝަތު އަޒީމާއެވެ. އަދި އަލްމަމްލަކަތުލް އަރަބިއްޔަތުއްސުއޫދިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް އައްޔަން ކުރެއްވީ މާފަންނު ވެސްޓްސައިޑް، އަހްމަދު ސަރީރެވެ.
ސަފީރު ކަމަށް އައްޔަން ކުރެއްވުމާއި ހަމައަށް އަޒީމާ ހުންނެވީ ފޮރިން ސެކްރެޓަރީގެ މަގާމުގައެވެ.
އޭނާ އަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.
ފޮރިން ސާވިސް ގާނޫނު ބުނާ ގޮތުގައި ސަފީރު ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް އެ މަގާމުގައި ހުރެވޭނީ ތިން އަހަރު ދުވަހުގެ މުއްދަތަކަށެވެ. އިންޑިއާ އަށް ކަނޑައަޅާފައި ހުންނެވި ސަފީރު ޝަހީބު އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ރައީސް ސޯލިހުގެ ވެރިކަމުގައި 2022ވަނަ އަހަރުއެވެ. އެހެންކަމުން މިހާރު ޝަހީބުގެ ދައުރު ވަނީ ހަމަވެފައެވެ.
ޖޭއެސްސީގެ މެންބަރުކަމުން ރިޒާ އިސްތިއުފާ ދެއްވައިފި
ގެއްލިގެން ހޯދަމުންދިޔަ ނޭޕާލް އަންހެން މީހާ ފެނިއްޖެ
ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ވަގަށް ނެގި ޑޮލަރުތައް ހޯދައިފ
އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން