މަސްކިރުވުމަށްފަހު މަސްވެރިންނަށް މިފްކޯ އިން ދޭންޖެހޭ ފައިސާތައް މާދަމާ މަސްވެރިންނަށް ލިބިގެން ދާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ މިހާރު ނުދެވި ހުރީ 16 މިލިއަން ރުފިޔާ ކަމަށެވެ. އެ ފައިސާ ޖަމާ ކުރުމުގެ މަސައްކަތް ފިނޭންސުން ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
"މިހާރު މަސްވެރިންނަށް ނުދެވި އިން ފައިސާއެއް ވެއްޖިއްޔާ، މަސް ކިރާފައި މަސް ގަނެފައި ނުދެވިފައި އިން ފައިސާއެއް ވެއްޖިއްޔާ މާދަމާއަށް ހިސާބަށް ލިބިގެން ދާނެ،" ޝިޔާމް ވިދާޅުވިއެވެ.
މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް ސަރުކާރަށް އަހަރެއް ވެގެންދާއިރު ވެސް އެވައުދާއި އެއްގޮތަށް ފައިސާ ނުލިބޭތީ މަސްވެރިން އަންނަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ. އަދި އިދިކޮޅު ފަރާތްތަކުން ސަރުކާރަށް އެކަމުގައި ދަނީ ފާޑު ވެސް ކިޔަމުންނެވެ.
ސަރުކާރުން ބުނީ ކަންކަން ހަމައަކަށް އެޅުމާއެކު ރައީސްގެ ވައުދާއި އެއްގޮތަށް ފައިސާ ދޫކުރާނެ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ