އިންޑިއާއާ ދެކޮޅަށް ޕީޕީއެމާއި ޕީއެންސީން ހިންގި ހަރަކާތްތައް ހުއްޓުވަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ރިޔާސީ ގަރާރު ބާތިލްކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިފިއެވެ.
އިންޑިއާ އައުޓް ހަރަކާތްތައް ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ރިޔާސީ ގަރާރަކީ ގާނޫނުއަސާސީއާ ހިލާފު ގަރާރެއް ކަމަށް ބުނެ އެ ގަރާރު ބާތިލް ކުރަން ޔާމީންގެ ފަރާތްޕުޅުން ސިވިލް ކޯޓަށް ހުށަހެޅުއްވީ ސެޕްޓެމްބަރު, 2022ގަ އެވެ.
ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ޔާމީންގެ ވަކީލުން ކޯޓަށް ހާޒިރު ވެފައި ނުވާތީ އެ މައްސަލާގެ ދައުވާ ފޯމް ބާތިލްކުރީ ކަމަށެވެ.
އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމުގެ ގަރާރުގެ ދަށުން، އޭރު ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައި ހުރި އިންޑިއާ އައުޓް ބެނާއެއް ފުލުހުން އަތުލިއެވެ. ނަމަވެސް ހައި ކޯޓުން ފަހުން ނިންމާފައިވަނީ އެ ބެނާ ނެގުމުގައި ފުލުހުން އަމަލުކުރީ ގާނޫނާ ހިލާފަށް ކަމަށެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި