ގާނޫނުއަސާސީއަށް މި ސަރުކާރުން ހުށަހަޅާ މުހިއްމު ފަސް އިސްލާހުގެ ތެރޭގައި މަޖިލިސް މެމްބަރުން މަގާމުން ވަކިކުރުމަށް "ރިކޯލް ވޯޓް" ނެގުން ހިމެނޭ ކަމަށް އެޓާނީ ޖެނަރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ ވެރިކަމުގެ ނިޒާމާއި ޖުޑިޝަރީއަށް ގެންނަން ފެންނަ ބަދަލުތަކެއް އެބަހުރި ކަމަށާއި އެކަން ކުރުމަށް ޝަރުއީ ދާއިރާގެ ބޭފުޅުންނާ މަޝްވަރާކުރައްވާނެ ކަމަށެވެ. ގާނޫނުއަސާސީއަށް ބައެއް ބަދަލުތައް ގެނައުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނަގަންޖެހޭ ކަމަށާއި އެކަން ކުރުމަށް ވަގުތު ބޭނުންވާ ކަމަށް އުޝާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުން ގާނޫނުއަސާސީއަށް މި ސަރުކާރުން ހުށަހަޅާ އިސްލާހުތައް މަޖިލީހަށް ފޮނުވަން ފަށާނީ އަންނަ އަހަރުއެވެ.
ގާނޫނުއަސާސީއަށް މި ސަރުކާރުން ހުށަހަޅާ އިސްލާހުތައް
- ޖޭއެސްސީ ކޮންޕޮޒިޝަން ބަދަލުކުރުން
- ރާއްޖޭގެ ސަރަހައްދަށް ބަދަލު ނުގެނެވޭނެ ގޮތް ހެދުން
- ނޮވެންބަރު 11ގައި ރިޔާސީ ދައުރު ފެށަން ލާޒިމުކުރުން
- މަޖިލީހުގެ އަދަދު ހިފެހެއްޓުމަށް ބަދަލުގެނައުން
- މެމްބަރުންގެ ރިކޯލް ވޯޓު ނެގުން
އުޝާމް ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދަށް ޖަހާފައިވާ މީހުންނަށް ލުޔެއް ދިނުމަށް "ބެއިލް ސިސްޓަމް"، ނުވަތަ ކަފާލާތުގެ ދަށުން މީހުން ދޫކުރުމާ ގުޅޭ ގާނޫނެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
މިކަންކަމަކީ ވެއްޖިއްޔާރަނާހަމަކަންކަމެވެ ނުވެއްޖިއްޔާ ދެލޯފުރައިކަރުނައަޅަންޖެހޭނެފަދަކަންކަމެވެ
އިއްބެ