ޗައިނާގެ އިގްތިސާދަށް އަންނަމުންދާ ލޮޅުންތަކާއެކު ތެލާއި އެކަތަ (ސްޓީލް) ސިނާޢަތަށް ގެއްލުންވަމުންދާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ސައުތު ޗައިނާ މޯނިންގ ޕޯސްޓު ބުނާ ގޮތުން މިއަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހު ޗައިނާގެ ބޮޑު އެކަތައިގެ ސިނާޢަތަށް 34 ބިލިއަން ޔުއާން (9 ބިލިއަން އެމެރިކާ ޑޮލަރު)ގެ ގެއްލުންވެފައިވެއެވެ. އަދި ތެޔޮ ސާފުކުރުމުގެ ސިނާޢަތަށް 32 ބިލިއަން ޔުއާންގެ ގެއްލުން ވެފައިވެއެވެ.
ޗައިނާގެ ގެދޮރު އިމާރާތްކުރުމުގެ ސިނާޢަތަށް އައިސްފައިވާ ހީނަރުކަމާއެކު އެކަތަ އުފައްދާ ބައެއް މިލްތަކުގެ މަސައްކަތް މަޑުޖެހި، ބައެއް ތަންތަން ބަނގުރޫޓު ވެދާނެކަމުގެ ބިރު ވަނީ ހީވެފައެވެ. އަދި ތެލަށް އޮތް ޑިމާންޑް ދަށްވެ، ތެޔޮ ސާފުކުރާ މަރުކަޒުތަކުން ތެޔޮ ސާފުކުރާ މިންވަރު ވަނީ ދަށްކޮށްފައެވެ. ޗައިނާގައި ކަރަންޓު ބޭނުންކޮށްގެން ދުއްވާ ވެހިކަލްތައް ބޭނުންކުރާ މިންވަރު އިތުރުވުމަކީވެސް ތެލުގެ ޑިމާންޑް ކުޑަވެގެންދާ ސަބަބެކެވެ.
ތެލާއި އެކަތައިގެ ސިނާޢަތަކީ މިއަހަރުގެ މިހާތަނަށް ގެއްލުމުގައި ހިންގަމުން އަންނަ ދެ ސިނާއަތެވެ. އެހެން ސިނާޢަތްތަކުން ފައިދާވިޔަސް، ކުރީގެ އަހަރުތަކާއި އަޅާބަލާއިރު ފައިދާގެ ނިސްބަތް ވަނީ ދަށްވެފައެވެ. އެގޮތުން ބޯޓުދެލީގެ ސިނާޢަތުގެ ފައިދާ 22 އިންސައްތަ ދަށްވެފައިވާއިރު، އަގުތައް ވެއްޓުމުގެ ސަބަބުން ކެމިކަލް އުފެއްދުމުގެ ސިނާޢަތުގެ ފައިދާވެސް 4 އިންސައްތަ ދަށްވެފައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ