އަންނަ އަހަރު ވެގެންދާނީ ގެދޮރުވެރިކަމުގެ ރަން ޒަމާނެއްގެ ފެށުމަކަށް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް، މަޖިލީހަށް ހުށަހެޅި 56.6 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުންނެވެ.
އަންނަ އަހަރަށް މަޖިލީހަށް ހުށަހެޅި ބަޖެޓަކީ ގެދޮރުވެރިކަމަށް އެންމެ ބޮޑު އަދަދެއް ހޭދަކުރަން ހުށަހެޅި ބަޖެޓެއްކަން ފާހަގަ ކުރައްވައި ޒަމީރު ވިދާޅުވީ 2025 ވަނަ އަހަރުގެ ބަޖެޓަކީ ގެދޮރުވެރިކަމުގެ ބަޖެޓެއް ކަމަށެވެ.
"2025 ވަނަ އަހަރު ވެގެންދާނީ ގެދޮރުވެރިކަމުގެ ރަން ޒަމާނެއްގެ ފެށުމަށް. ވީމާ 2025 ވަނަ އަހަރުގެ ބެޖެޓަކީ ހަގީގީ މާނާގައި ވެސް ގެދޮރުވެރިކަމުގެ ބަޖެޓެއް،" މިނިސްޓަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ފަސް ޕަސެންތް އިސްޓްރެސްޓް ރޭޓުގައި ގެދޮރުވެރިކަމުގެ ލޯނު ދޫކުރުމަށް އެއް ބިލިއަން ރުފިޔާ ބަޖެޓް ކުރެވިފައިވާނެ ކަމަށެވެ.
އެނާ ވިދާޅުވި ގޮތުގައި ސަރުކާރުން ސީދާ ގޮތެއްގައި 1.5 ބިލިއަން ރުފިޔާގެ ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގާނެއެވެ.
އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން މަޖިލީހަށް ހުށަހެޅި 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ