ސިޔާސީ މަގާމުތަކުގައި ތިބެގެން ދައުލަތާ ދެކޮޅަށް ކޯޓުތަކުގައި ވަކާލާތު ނުކުރެވޭނެ ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ސިޔާސީ މަގާމުތަކުގައި ތިބެގެން ދައުލަތާ ދެކޮޅަށް ޖިނާއީ މައްސަލަތަކާއި މަދަނީ މައްސަލަތަކުގައި ވަކާލާތުކުރާ މައްސަލަތަކެއް ވެސް ދާދިފަހުން ފެންމަތިވެފައިވެ އެވެ.
ހައި ކޯޓުން މިގޮތަށް ނިންމީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދައުވާލިބޭ މީހެއްގެ ދިފާއީ ވަކީލެއްގެ ގޮތުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ނައިބު މުހައްމަދު ރާގިބު އަހުމަދު ހައި ކޯޓުގައި ވަކާލާތު ކުރާތީ އެކަމަށް ޕްރޮސިކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އިއުތިރާޒުކުރުމުންނެވެ.
އެކަމާ ގުޅިގެން ހައި ކޯޓުން މިއަދު ނިންމި ނިންމުމުގައިވަނީ ސިޔާސީ މަގާމުގައި ތިބެގެން ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ދައުލަތާ ދެކޮޅަށް ވަކާލާތުކުރެވޭނެ ކަމަށް ނުފެންނަ ކަމަށް އޭޖީ އޮފީހުން ލިޔުމުން ޖަވާބުދީފައިވާ ކަމަށެވެ. އަދި ވަކީލުންގެ ސުލޫކީ އެ ގަވާއިދުގައި އޮތް ގޮތުން ވެސް ދައުލަތުގެ މުވައްޒަފުން ދައުލަތާ ދެކޮޅަށް ވަކާލާތުކުރުމުން މަސްލަހަތު ފުުށުއަރާ ކަމަށް ކޯޓުގެ ނިންމުމުގައިވެ އެވެ.
އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމި ނިންމުގައި ވަނީ ރާގިބަށް އެ މަގާމުގައި ހުރެ ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ