ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމަ، "ޖީ ސްކީލާން" ކިޔައިދިން ވާހަކަތަކުގެ މައްޗަށް އަދަދު ނޫހުން ތައްޔާރުކުރި ތަހުގީގީ ޑޮކިއުމެންޓްރީއަށް އެވޯޑު ދިން ޖަލްސާގައި ދެއްކި މަންޒަރަކާ ގުޅިގެން ކަމަށް ބުނެ، މީޑިއާ ކައުންސިލްގެ ރައީސް އަހުމަދު މުސްތަފާ މަގާމުން ވަކިކޮށްފިއެވެ.
މީޑިއާތަކުގެ މެދުގައި 2022 ވަނަ އަހަރު ނެގި ވޯޓަކުން، މީޑިއާ ކައުންސިލްގެ މެމްބަރު ކަމަށް އިންތިހާބުވި މުސްތަފާއަކީ ޕީއެސްއެމް ނިއުސް އޮޕަރޭޝަންސްގެ މެނޭޖަރެވެ.
ޕީއެސްއެމް އިން ބުނީ ރޭ މީޑިއާ ކައުންސިލް އިން ބޭއްވި ނޫސްވެރިކަމުގެ އެވޯޑު ހަފްލާގައި އެކުންފުނީގެ އެޑިޓޯރިއަލް ކޮންޓެންޓާއި އަދި ނޫސްވެރިކަމުގެ އާއްމު މިންގަނޑުތަކާއި ހިލާފު ވީޑިއޯއެއް އެ އެވޯޑު ހަފްލާ އިންތިޒާމު ކުރި ފަރާތުން ދައްކާފައިވާ ކަމަށެވެ.
އެވޯޑް ލިބޭ ކެޓަގަރީތަކާއި އެ ކެޓަގަރީތަކަށް ނޮމިނޭޓު ވެފައިވާ ފަރާތްތަކާއި އެވޯޑް ލިބޭ ފަރާތްތައް ދުރާލައި އެ ކައުންސިލްގެ އިސްވެރިންނަށް އެނގިވަޑައިގަންނަވާނެ ކަމަށް ޕީއެސްއެމްގެ ބަޔާނުގައިވެއެވެ.
ޕީއެސްއެމްއިން ލައިވް ކަވަރޭޖް ހަދާ ޙަފްލާތަކުގައި ދައްކާ ވީޑިއޯ ފުޓޭޖްތަކަކީ ޕީއެސްއެމްގެ އެޑިޓޯރިއަލްއަށް ފެތޭ ކޮންޓެންޓަށް ވާން ޖެހޭ އިރު، ޕީއެސްއެމްއަށް ކުރިން އެންގުމެއްނެތި ކުއްލިއަކަށް ހަފްލާގެ ތެރޭގައި ވީޑިއޯ ދެއްކުމަކީ ގަސްތުގައި ދުރާލާ ރާވައިގެން ޕީއެސްއެމްގެ އެޑިޓޯރިއަލް އުސޫލާ ހިލާފު ކޮންޓެންޓު ޕީއެސްއެމުން ދެއްކުމަށް މީޑިއާ ކައުންސިލުން ކުރި ކަމެއް ކަމަށް ޕީއެސްއެމް އިން ވަނީ ތުހުމަތުކޮށްފައެވެ.
ޕީއެސްއެމްގެ ބަޔާނުގައި އެކަމަކީ ޕީއެސްއެމްއަށް ރައްޔިތުން ކުރަމުން އަންނަ އިތުބާރު ގެއްލި، ކުންފުނީގެ މައްޗަށް އޮތް ގާނޫނީ ވާޖިބުތައް އަދާކުރުމަށް ހުރަސްއެޅޭނެ ކަމެއް ކަމަށް ބުނެފައިވެއެވެ. އަދި އެކަމުގެ ސަބަބުން އިއާދަނުކުރެވޭނެ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
އެހެންކަމުން އެ މައްސަލަ ޕީއެސްއެމް އިން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި
ކުރަންވީ ބަރާބަރު
އައި