ޕީއެސްއެމްގެ ވަޒީފާގައި ހުންނެވި މޯލްޑިވްސް މޯޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސް އަހްމަދު މުސްތަފާ ވަޒީފާ އިން ވަކި ކުރުމަށްފަހު އަލުން އޭނާ އަށް ޕީއެސްއެމް އިން ވަޒީފާ ދީފިއެވެ.
މީޑިއާތަކުގެ މެދުގައި 2022 ވަނަ އަހަރު ނެގި ވޯޓަކުން، މީޑިއާ ކައުންސިލްގެ މެމްބަރު ކަމަށް އިންތިހާބުވި މުސްތަފާއަކީ ޕީއެސްއެމް ނިއުސް އޮޕަރޭޝަންސްގެ މެނޭޖަރެވެ.
މުސްތަފާ ވަޒީފާ އިން ވަކިކުރީ އެމްއެމްސީން އިންތިޒާމް ކުރާ ނޫސްވެރިންގެ އެވޯޑު ހަފްލާގައި ދެއްކި ވީޑިއޯ ކޮންޓެންޓެއްގެ މައްސަލާގައެވެ.
މުސްތަފާ ވަނީ އޭނާ ވަޒީފާ އިން ވަކިކުރި މައްސަލަ މުރާޖާ ކޮށްދޭން ޕީއެސްއެމްގެ ބޯޑަށް ހުށަހަޅައިފައެވެ. ވަޒީފާ އަލުން ދިނީ އެކަން ބޯޑުން މުރާޖާ ކުރުމަށްފަހުއެވެ.
ޕީއެސްއެމް އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ މީޑިއާ ކައުންސިލް އިން ބޭއްވި ނޫސްވެރިކަމުގެ އެވޯޑު ހަފްލާގައި އެކުންފުނީގެ އެޑިޓޯރިއަލް ކޮންޓެންޓާއި އަދި ނޫސްވެރިކަމުގެ އާއްމު މިންގަނޑުތަކާއި ހިލާފު ވީޑިއޯއެއް އެ އެވޯޑު ހަފްލާ އިންތިޒާމު ކުރި ފަރާތުން ދައްކާފައިވާ ކަމަށެވެ.
އެވޯޑް ލިބޭ ކެޓަގަރީތަކާއި އެ ކެޓަގަރީތަކަށް ނޮމިނޭޓު ވެފައިވާ ފަރާތްތަކާއި އެވޯޑް ލިބޭ ފަރާތްތައް ދުރާލައި އެ ކައުންސިލްގެ އިސްވެރިންނަށް އެނގިވަޑައިގަންނަވާނެ ކަމަށް ޕީއެސްއެމްގެ ބަޔާނުގައިވެއެވެ.
ޕީއެސްއެމްއިން ލައިވް ކަވަރޭޖް ހަދާ ޙަފްލާތަކުގައި ދައްކާ ވީޑިއޯ ފުޓޭޖްތަކަކީ ޕީއެސްއެމްގެ އެޑިޓޯރިއަލްއަށް ފެތޭ ކޮންޓެންޓަށް ވާން ޖެހޭ އިރު، ޕީއެސްއެމްއަށް ކުރިން އެންގުމެއްނެތި ކުއްލިއަކަށް ހަފްލާގެ ތެރޭގައި ވީޑިއޯ ދެއްކުމަކީ ގަސްތުގައި ދުރާލާ ރާވައިގެން ޕީއެސްއެމްގެ އެޑިޓޯރިއަލް އުސޫލާ ހިލާފު ކޮންޓެންޓު ޕީއެސްއެމުން ދެއްކުމަށް މީޑިއާ ކައުންސިލުން ކުރި ކަމެއް ކަމަށް ޕީއެސްއެމް އިން ވަނީ ތުހުމަތުކޮށްފައެވެ.
އެ މައްސަލަ ޕީއެސްއެމް އިން ވަނީ މަޖިލީހަށް ވެސް ހުށަހަޅައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ