އެގާރަވަނަ ނޫސްވެރިކަމުގެ އެވޯޑު ހަފްލާގެ ނަޒާހާތްތެރިކަމާއި މެދު ސުވާލު އުފައްދައި އެ އެވޯޑު އިންތިޒާމްކުރި މޯލްޑިވްސް މޯޑިއާ ކައުންސިލްގެ ރައީސް އަހްމަދު މުސްތަފާގެ މައްޗަށް އެ ކައުންސިލްގެ މެމްބަރު އަލީ ނިޝާން (މިލްޒީރޯ) ކުރި ތުހުމަތުތައް މުސްތަފާ ދޮގު ކުރައްވައިފިއެވެ.
އެމްއެމްސީގެ ރައީސް މުސްތަފާ މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެވޯޑާ ގުޅޭ ކަންކަމުގައި އޭނާގެ ސީދާ ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ. އެކަން ކައުންސިލްގެ އެންމެހައި މުވައްޒަފުންނާއި މެންބަރުންނަށް ވެސް އެނގޭނެ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިނާމު ލިބޭ މީހުންނާއި ނޮމިނޭޓްވި މީހުންގެ މައުލޫމާތު އެ އެވޯޑު ހަފުލާގެ ކުރިން އޭނާ އަށް އެނގިވަޑައިނުގަންނަވާ ކަމަށް ބުނެ ދެކެވުން ދަނީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ. އެވޯޑުގެ ކަންކަން ކުރަމުން ދިޔައީ ނޫސްވެރިކަމުގެ އެވޯޑު ދޭން ފެށުނީއްސުރެ ވެސް ކަންކަން ކުރަމުން އަންނަ އުސޫލުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެވޯޑުގެ ހުރިހާ ކަމެއް ވެސް ކުރަމުން ދިޔައީ ސީދާ މެންބަރު ނިޝާންގެ ބެލުމުގެ ދަށުން ކަމަށް މުސްތަފާ ވިދާޅުވިއެވެ. އަދި އޭނާ އަކީ އިނާމު ކޮމެޓީގެ ނާއިބު މުގައްރިރުކަން ވެސް ފާހަގަކުރެއްވިއެވެ.
މުސްތަފާ ވިދާޅުވީ އެވޯޑަށް ނޮމިނޭޓްވި މީހުންގެ ކޮންޓެންޓު އެޑިޓް ކުރުމާއި އެ އަށް ބޭނުންވާ ގްރެފިކްސް ވެސް ހަދާފައިވަނީ ނިޝާންގެ ބެއްލެވުމުގެ ދަށުން ކަމަށެވެ.
އިއްޔެ މެންބަރު ނިޝާން ވަނީ އެވޯޑަށް ކުރިމަތިލި މީހުންގެ ނަތީޖާ ވަކި ބައެއްގެ ބެލުމުގެ ދަށުގައި ވަނިކޮށް އެ މައުލޫމާތުތައް ބަލާފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ. ނަމަވެސް މުސްތަފާ ވަނީ ނިޝާންގެ އެ ވާހަކަތައް ދޮގުކޮށް އެކަން އޭނާ ކޮށްފައި ވަނީ ރާވައިގެން ކަމަށް ވިދާޅުވެފައެވެ.
އެވޯޑު ހަފްލާ އަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވީ ތަހުގީގީ ދާއިރާއިން ނޫސްވެރިކަމުގެ އިނާމު ލިބުނު "އަދަދު" އޮންލައިންގެ "ސްކީލާން" ޑޮކިއުމެންޓްރީ އަށް އެވޯޑު ލިބުމުންނެވެ. އަދި އެ މައްސަލާގައި އެ ހަފްލާ ލައިވްކުރި ޕީއެސްއެމް އިން ވަނީ ބަޔާނެއް ވެސް ނެރެފައެވެ.
އަދި ޕީއެސްއެމްގެ ސްލޮޓުގައި އެމްއެމްސީ އަށް އިންތިހާބުވި މުސްތަފާ ވަޒީފާއިން ވެސް ވަކިކުރިއެވެ. ނަމަވެސް މައްސަލަ މުރާޖާ ކުރުމަށްފަހު އަލުން އޭނާ އަށް ވަނީ ވަޒީފާ ދީފައެވެ.
މުސްތަފާގެ ބަޔާނުގައި އަދަދުގެ ވީޑިއޯއަކީ ނޫސްވެރިކަމުގެ އާއްމު މިންގަނޑުތަކާ ހިލާފު އެއްޗެއްކަން އެ ޑޮކިއުމެންޓްރީ ނެރުނު ދުވަސްވަރު ވެސް އެމްއެމްސީން ނެރުނު ބަޔާނެއްގައި ބުނެފައިވާނެ ކަމަށް ވިދާޅުވިއެވެ.
އެ ޑޮކިއުމަންޓްރީގެ މައްސަލަ އެމްއެމްސީން ނިންމާފައިވަނިކޮށް، އެވޯޑު ހަފުލާގައި ހަމަ އެ ކޮންޓެންޓް ކައުންސިލަށް ވެސް އަދި ރަސްމިއްޔާތު ލައިވްކުރި ޕީއެސްއެމަށް ނޭނގި ގަސްދުގައި ދެއްކުމުގައި އެވޯޑުގެ ކަންކަން އިންތިޒާމްކުރި ކައުންސިލް މެމްބަރުންގެ ޒިންމާ އެއް ކަމަށް މުސްތަފާ ވިދާޅުވިއެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި
ވަރުގަދަ އެވޯޑެއްތާތިއޮތީ، މުވައްޒަފުންތައް ވަޡިފާއިން ވަކިކޮށް އެވޯޑުދިން އަތްވެސް ބުރިކޮށްލާހިސާބަށް ހިނގައްޖެ ވިއްޔަ.
ތަރަތަރަ