ދުނިޔޭގެ އުތުރު ތަނޑި ސަރަހައްދުގައި ޗައިނާ އާއި ރަޝިޔާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތަކާމެދު ފާރަވެރިވެ އޮތްކަމަށާއި، ކަންބޮޑުވާ ކަންކަން އެބަހުރި ކަމަށް އެމެރިކާއިން ބުނެފިއެވެ.
ފަހަކަށް އައިސް ޗައިނާ އާއި ރަޝިޔާ ގުޅިގެން އުތުރު ތަނޑިއާއި މުޅި އާކްޓިކް ސަރަހައްދުގައި އަސްކަރީ ގޮތުން ގުޅުން ބަދަހިކުރުމުގެ ހަރަކާތްތަކެއް ވަނީ ހިންގާފައެވެ. އަދި ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ހުޅަނގުގެ ޤައުމުތަކުން ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ މިދަނޑިވަޅުގައި ޗައިނާއިން ގެންދަނީ ރަޝިޔާއަށް ބޭނުންވާ މުދާ ފޯރުކޮށްދެމުންނެވެ.
އާކްޓިކް ސަރަހައްދުގައި ޓެރިޓަރީ ގާއިމްކޮށްގެން އުޅޭ 8 ގައުމުގެ ތެރޭގައި ރަޝިޔާއާއި އެމެރިކާ ހިމެނެއެވެ. ޗައިނާ މި 8 ގައުމުގެ ތެރޭގައި ނުހިމެނުނު ނަމަވެސް، އާކްޓިކް ސަރަހައްދުގެ ގަނޑުފެން ވިރި، އެސަރަހައްދުން ކަނޑުދަތުރުކުރެވޭނެ އިތުރު މަގުތައް ހުޅުވެމުންދާ މިދަނޑިވަޅުގައި، އެސަރަހައްދުން ދަތުރުކުރުމުގެ ފުރުސަތު ޗައިނާއިންވެސް ބޭނުންވެއެވެ.
އެމެރިކާގެ ޚާރިޖިއްޔާގައި އާކްޓިކް ސަރަހައްދާ ބެހޭ ޚާއްސަ މަންދޫބެއްވެސް މިހާރު ވަނީ ކަނޑައަޅާފައެވެ. އެމްބެސެޑަރ-އެޓް-ލާޖް ފޮރ އާކްޓިކް އެފެއަރޒް މައިކަލް ސްރާގާ ވިދާޅުވީ އާކްޓިކް ސަރަހައްދުގައި ޗައިނާއާއި ރަޝިޔާ ގުޅިގެން ހިންގާ އަސްކަރީ ހަރަކާތްތަކާމެދު ކަންބޮޑުވާކަމަށެވެ. އަދި އެ ދެގައުމުގެ ހަރަކާތްތައް ވަރަށް ގާތުން ބަލައި، ފާރަވެރިވެ އޮތްކަމަށް ރޮއިޓަރސް އާއި ވާހަކަ ދައްކަވަމުން ސްރާގާ ވިދާޅުވިކަމަށް އެނިއުސް އެޖެންސީއިން ރިޕޯޓްކޮށްފައިވެއެވެ.
ރަޝިޔާ އާއި ޗައިނާގެ ހަރަކާތްތަކަށް އެމެރިކާއިން ފާރަވެރިވިޔަސް، އެ ދެގައުމުން ހަރަކާތްތެރިވަމުން ދަނީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ އިމުގެ ތެރޭގައި، ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުގައެވެ. އެހެންކަމުން ފާރަވެރިވުން ފިޔަވައި އެޅޭނެ އިތުރު ފިޔަވަޅެއް މިކަމުގައި އަދި ނެތެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ