ރަނގަޅު ނަތީޖާ ނުލިބި ވަޒީފާއެއް ނެތިފައިވާ ދަރިވަރުން ސިފައިން ނުވަތަ ފުލުހުންގެ ވަޒީފާއަށް ވަންނަން ލާޒިމްކުރަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އިއުލާން ކުރައްވައިފިއެވެ.
ނަސްރުގެ ދުވަސް ފާހަގަކުރަން ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ސިފައިންގެއަށް ކޮންމެ އަހަރަކު 1،000 މީހުން އަދި ފުލުހުންގެ ހިދުމަތަށް އިތުރު 1000 ފުލުހުން ބޭނުންވާއިރު, އެކަށީގެންވާ ނަތީޖާއެއް ސްކޫލްތަކުގައި ނުލިބޭތީ މަގުމަތިވެފައި ތިބި އެތައް ބަޔަކު ރާއްޖޭގައި އެބަތިބި ކަމަށެވެ. އެހެންވެ, އެފަދަ މީހުން ސިފައިން ނުވަތަ ފުލުހުންގެ ވަޒީފާއަށް ވަންނަން މަޖުބޫރުވާ ގޮތަށް ނޭޝަނަލް ސާވިސްގެ ޕްރޮގްރާމް އަންނަ އަހަރު ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"މި ޕްރޮގްރާމް ވެގެން ދާނީ ގާނޫނެއް ހެދިގެން، އެ ގާނޫނުން ބާރު ލިބިގެން، އުމުރުން 16 އަހަރުވުމަށްފަހު، 16 އަހަރުވެގެން އޯލެވެލް ނިންމާފައި ނޫނީ ތައުލީމް ހާސިލް ކުރެވުނު ހިސާބަކުން ދެން މައްޗަށް ދިއުމުގެ ފުރުސަތު ނުލިބޭ ކުދިންނަށް އަދި ވަޒީފާއެއް ވެސް ނުލިބޭ ކުއްޖެއްވިއްޔާ މި ޕްރޮގްރާމްގައި ބައިވެރިވާން ޖެހޭނެ." ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ އެ ޕްރޮގްރާމަށް އަހަރަކު 400 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތުން ހަރަދުކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ ޕްރޮގްރާމް ނިންމުމުން ސިފައިންގެއިން ނުވަތަ ފުލުހުންގެ އިދާރާއިން ވަޒީފާ ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަނީ އަސްކަރީ ހިދުމަތް ރާއްޖޭގައި ފުޅާ ކުރުމަށްޓަކައި އަންނަ އަހަރު އިތުރު އާލާތްތައް ރާއްޖެ ގެންނާނެ ކަން އިއުލާން ކުރައްވައިފަ އެވެ. އަދި ޝަހީދުންގެ އާއިލާތަކަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނޭޝަނަލް ސާވިސް ޕްރޮގްރާމް ރައީސް އިއުލާން ކުރެއްވިއިރު އެފަދަ ޕްރޮގްރާމެއް އެންމެ ފަހުން ހިންގީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ