ޕާކިސްތާނުގެ ދެވަނައަށް އެންމެ ބޮޑު ސިޓީކަމަށްވާ ލާހޫރުގެ ވައި ނުސާފުވުމާއި ގުޅިގެން އެސިޓީގެ ޕްރައިމަރީ ސްކޫލްތައް ބަންދުކޮށްފިއެވެ.
ނުރައްކާތެރި ދަރަޖައަކަށް ވައި ނުސާފުވުމާއި ގުޅިގެން ހަފްތާއަކަށް ސްކޫލްތައް ބަންދުކުރީ ދަރިވަރުންގެ ރައްކަލަކަށް ކަމަށް ޕާކިސްތާނުގެ ކަމާއި ބެހޭ ފަރާތްތަކުން ބުނެއެވެ. 14 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ލާހޫރުގެ ވައިގެ ތެރޭގައި ދުމުގެ އަސަރު ބޮޑުވަމުން ދާތާ ދުވަސްތަކެއް ވަނީ ވެފައެވެ. ފިނި ގަދަވެ، ބައެއް ހިސާބުތަކަށް ދުންފިނީގެ އަސަރުކުރުމުގެ ސަބަބުން މިމައްސަލަ ވަނީ އިތުރަށް ގޯސްވެފައެވެ. ޕާކިސްތާނުގެ އެހެން ސަރަހައްދުތަކުގައިވެސް ވައި ނުސާފުވުމުގެ މައްސަލައާއި ދަނީ ކުރިމަތިލަމުންނެވެ.
ކުރިއަށް އޮތް ހަފްތާއަށް ސްކޫލްތައް ބަންދުކުރިއިރު، އަންނަ ހަފްތާގައި ސްކޫލްތައް ހުޅުވާނެތޯ ނިންމާނީ ހޮނިހިރު ދުވަހު ވައިގެ ކޮލިޓީ ހުރި މިންވަރެއް ވަޒަންކުރުމަށްފަހުއެވެ. ބަންދުނުކުރާ ގްރޭޑްތަކުގެ ދަރިވަރުންވެސް މާސްކް އަޅައިގެން އުޅުމަށް ކަމާއި ބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ.
މިދިޔަ އަހަރުވެސް މިހާތަނުގައި މިގޮތަށް ލާހޫރު ސަރަހައްދުގައި ވައި ތަޣައްޔަރުވިއެވެ. އެހެން ނަމަވެސް މި މިންވަރަށް ގޯސްނުވާކަމަށްވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ