ގެދޮރު އިމާރާތް ކުރަން ފަސް ޕަސެންޓް އިންޓްރެސްޓެއްގައި ލުއި ލޯން ދޫކުރާ ޕްރޮގްރާމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިފްތިތާހުކޮށްދެއްވައިފިއެވެ.
ބޯހިޔަވާހިކަމާ ގުޅޭ ގޮތުން ރިޔާސީ އިންތިހާބުގައި ރައީސް ވައުދުވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ރައީސް މިއަދު އިފްތިތާހު ކުރި ސްކީމްގައި ތިން ބާވަތެއްގެ ލޯން ދޫކުރުމަށް ނިންމާފައިވެއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި އިފްތިތާހު ކުރި އެ ސްކީމުގައި ހިމެނޭ ފުރަތަމަ ބާވަތަކީ "ހިޔާވަހި ރަށްވެހި" ލޯނެވެ. މި ލޯނު ދޫކުރަނީ އެޗްޑީއެފްސީ މެދުވެރިކޮށް ހަމަ އެކަނި އަތޮޅު ތެރޭގެ ރަށްރަށުގައި ގެ ހެދުމަށެވެ. މި ލޯނުގައި އިކުޓީއެއް ދައްކަން ނުޖެހުނަސް، މި ލޯނުގައި ބަންޑާރަ ގޯތި މިލްކުކުރަން ފީއެއް ދައްކަން ޖެހޭނެއެވެ. ލޯނުގެ އިންޓްރެސްޓު ރޭޓަކީ ފަސް ޕަސެންޓެެވެ.
"ހިޔާވަހި ސަހަރު" ނަމުގައި ތައާރަފް ކުރި ދެ ވަނަ ލޯނުގައި އާބަން ސެންޓަރުތަކުގައި ގެދޮރު އަޅަން ތިން މިލިއަން ރުފިޔާގެ ލޯނު ދޫކުރާނެއެވެ. އަދި 25 އަހަރުން ދައްކާ ހަލާސްކުރާ ގޮތަށް މި ލޯނުގެ އިންޓްރެސްޓް ރޭޓަކީ ފަސް ޕަސެންޓެވެ.
ހިޔާވަހި ފުރަމާލެ ނަމުގައި ދޫކުރާ ލޯނުގައި ހަ މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެއެވެ. އިކުޓީއަށް 10 ޕަސެންޓް ނަގާއިރު، ފަސް ޕަސެންޓް އިންޓްރެސްޓުގައި ލޯނު ދައްކައި ނިންމަންޖެހޭނީ 25 އަހަރު ތެރޭގައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ