މެދުކެނޑުމެއް ނެތި ދިވެހި ރައްޔިތުންނަށް އާސަންދަ ލިބޭނެކަން ކަށަވަރު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތުމަށް ނިންމައިފިއެވެ.
އިދިކޮޅު އެމްޑީޕީން އެ މައްސަލަ މަޖިލީހަށް ހުށަހެޅީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. ކުޑޫގެ އެ މައްސަލަ ބަލައިނުގަތުމަށް ރިޔާސަތުން ނިންމީ މަޖިލީހުގެ ގަވާއިދާ ހިލާފުވުމުންނެވެ.
މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް އަބްދުއްރަހީމް ވިދާޅުވީ ކުޑޫ ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ ގަވާއިދުގެ 197ވަނަ މާއްދާއާ ހިލާފު ކަމަށެވެ. ރިޔާސަތުން ވިދާޅުވީ މަޖިލިސް ގަވާއިދުގައި ބުނާ ޝަރުތު އެ މައްސަލައަށް ހަމަނުވާ ކަމަށެވެ.
ގަވާއިދުގައި ބުނަނީ ކުއްލި މައްސަލައެއްގެ ގޮތަށް ހުށަހަޅަން ވާނީ ކުއްލިއަކަށް ނުވަތަ ވޭތުވެދިޔަ ހަތް ދުވަހުގެ ތެރޭގައި ހިނގައިގެން އުޅޭ ކަމެއް ކަމަށެވެ.
އެ މައްސަލާގައި ސިއްހީ ހިދުމަތް ހޯދުމަށް އަމިއްލަ އަތުން ހަރަދު ކުރުމާއި ގުޅޭ ގޮތުން ވަނީ ކަންބޮޑުވުންފާޅު ކޮށްފައެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި