ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ކުރީގެ ރައީސް ޔާމީން ޖަލަށް ނުލާ ނަމަ 2028ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ޔާމީން ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ޝަރީއަތް މިވަގުތު މަޑުޖެހިފައިވާ ކަމަށެވެ. އަދި ޝަރީއަތްތައް ރަނގަޅަށް ގޮސްފި ނަމަ، ޖަލު ހުކުމެއް އަންނަން ޖެހޭ ކަމެއް ނޯންނާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވަނީ އެމަނިކުފާނުގެ މައްސަލަތަކުގައި އެންމެ ބޮޑު ހެކިވެރިއަކީ، ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު ކަމަށާއި އޭނާ އަކީ ހެކި ބަސް ނުދެވޭނެ ވަރުގެ ފާސިގެއް ކަމަށް ސުޕްރީމް ކޯޓުން ވެސް ކަނޑައަޅާފައިވާ ކަމަށް ޔާމީން ފާހަގަކުރެއްވިއެވެ.
ހުކުމެއް ނައިސްފި ނަމަ ވެރިކަމަށް ކުރިމަތިލާނެ ކަމާއި މެދު ޝައްކު ނުކުރެއްވުމަށް ޔާމީން ވިދާޅުވިއެވެ. ޔާމީން ވަނީ، ޗާގޯސް ހޯދުމާއި އިންޑިއާ ސިފައިން ބޭލުމަށް ވެރިކަމުގެ އިތުރު ދައުރެެއް ބޭނުންވާ ކަމަށް ޔާމީން ވިދާޅުވިއެވެ.
އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް, އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ރިޝްވަތުގެ ކުށުގައި ހަތަރު އަހަރަށް އަދި މަނީ ލޯންޑްރިންގެ ކުށުގައި ހަތް އަހަރަށް، ޔާމީން ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. ނަމަވެސް އެ ހުކުމް ހައިކޯޓުން ބާތިލްކުރިއެވެ. އަދި މައްސަލަ އަލުން ބަލަން ހުކުމް ކުރިއެވެ.
ހައި ކޯޓުގެ ހުކުމުގައި އާ ހެކިތަކެއް ބަލައިނުގަނެވޭނެ ކަމަށް ނިންމާފައިވާތީ އެ ބައި ދައުލަތުން އޮތީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު މިމަހުގެ 20ވަނަ ދުވަހު އެ މައްސަލަ އެކޯޓުގައި ވަނީ ތާވަލުކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ