ހުުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ރޯވެ ރޭ ފަތިހު ރޯވެ، އަނދައިފިއެވެ.
ވެމްކޯ ޖެޓީ ސަރަހައްދު ފަޅު ތެރޭގައި އަޅާފައި އޮތް އޮތް "ބުލޫވޭގާ" ނަމަކަށް ކިޔާ ސަފާރީއެއްގައި އަލިފާން ރޯވި ކަމުގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައި ވަނީރޭ ފަތިހު 3:42 ހާއިރުއެވެ. އެ ހާދިސާގެ މަޢުލޫމާތު ލިބުމާއެކު ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.
މި ހާދިސާ ހިނގިއިރު އެ ސަފާރީގައި ތިބި 12 ފަޅުވެރިން ވަނީ ކައިރީގައި އޮތް ޑައިވިންގ ދޯންޏަކަށް އަރާފައެވެ. އެ ފަޅުވެރިންނަކީ ފަސް ބިދޭސީން (ސްރީލަންކާ، ބަންގްލަދޭޝް އަދި އިންޑިއާ) އާއި ހަތް ދިވެހިންނެވެ. ސަފާރީގައި އަލިފާން ރޯވި އިރު އޭގައި ހުރީ ޑައިވިންގ ކުރުމަށް ބޭނުންކުރާ ސާމާނުކަން އެ ސަފާރީގެ ކެޕްޓަން މަޢުލޫމާތު ދެއެވެ.
ނަމަވެސް ސަފާރީ ވަނީ އަލިފާން ރޯވުމުގެ ސަބަބުން ވަރަށް ބޮޑަށް ހަލާކުވެފައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ