އާބަން ސެންޓަރުތަކާއި އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯންގެ ތަފާތުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ކިޔައިދެއްވަވައިފިއެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ މެނިފެސްޓޯގެ ޗެޕްޓަރު ހަތަރެއްގެ 12 އިން ފެށިގެން 14ވަނަ ނަންބަރާއި ހަމައަށް ވަރަށް ސާފުކޮށް ދެމެހެއްޓެނިވި ސަރަހައްދީ ތަރައްގީގެ ސިޔާސަތުގެ ދަށުން މާލެ އާބަން ރީޖަންގެ އިތުރުން އެންމެ މަތީ ފަންތީގެ ހިދުމަތްތައް ހިމެނޭހެން، އެންމެ އުތުރުގެ ތިން އަތޮޅު ހިމެނޭހެން ނޮދަން އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނަކާއި އެންމެ ދެކުނުގެ 4 އަތޮޅު ހިމެނޭހެން ސަދަން އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނެއް ތަރައްގީ ކުރުމުގެ އިތުރުން 7 އާބަން ސެންޓަރެއް ތަރައްގީ ކުރުމަށް ހިމަނާފައިވާނެ ކަމަށެވެ.
"އެއީ ސަރުކާރުގެ ސިޔާސަތު، އަދި މިކަންކަމަކީ ކުރިޔަށް 20 އަހަރު ދުވަހަށް އެކަށައަޅަން މަސައްކަތް ފަށާފައިވާ ތަރައްގީގެ މާސްޓާޕްލޭންގައި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ ހިޔާލާއި، ފަންނީ ފަރާތްތަކާއި ކައުންސިލްތަކާއި ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއެކު އެކަށައެޅުމަށް ގަސްދުކުރާ ކަންކަން،" ރައީސް ވިދާޅުވިއެވެ.
އެހެންނަމަވެސް ކަންކަމުގެ ހަގީގަތް ނުބައްލަވާ، ނުވަތަ ހަގީގަތް އެނގިވަޑައިގެން ތިއްބަވައިގެން، ސިޔާސީ ފައިދާ ހޯދުމުގެ ނިޔަތުގައި ސިޔާސީ ބައެއް ފަރާތްތަކުން ކުރައްވާ ކަންކަމަށް ޒިންމާ ވާނީ އެކަންކަން ކުރައްވާ ބޭފުޅުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރައްވާ ގައުމާ ފުރަތަމަ ފަހަރަށް މުހާތަބު ކުރައްވާ ވާހަކަފުޅުދައްކަވަމުން ވިދާޅުވި ފަދައިން، ރާއްޖޭގައި ގާއިމްކުރާ އާބަން ސެންޓަރުތައް މިއަދު ރައީސް ވަނީ ކަނޑައަޅުއްވައިފައެވެ. އެއީ:
- ރ. އުނގޫފާރު
- ބ. އޭދަފުށި
- ޅ. ނައިފަރު
- އދ. މަހިބަދޫ
- ފ. ނިލަންދޫ
- ދ. ކުޑަހުވަދޫ
- ލ. ފޮނަދޫ
މި ހަތް ސަރަހައްދުތަކުގެ ތެރޭގައި ބޮޑު ތިލަދުންމަތީގެ ރަށްތައް ނުހިމެނުމާއި ރާއްޖޭގެ އެންމެ ދެކުނުގެ ރަށްތައް ނުހިމެނޭތީ ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. ރައީސް މުއިއްޒު އެކްސްގައި އާބަން ސެންޓަރުތަކާއި އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯންގެ ތަފާތު ކިޔައިދެއްވީ މިހެންވެގެންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ