ކުރީގެ ސަރުކާރުން އިމާރާތްކުރި ފްލެޓްތައް ލިބޭނެ ކަމަށް ކަނޑައަޅައި، ގެޒެޓްކުރި މީހުން ލިސްޓު ބާތިލުކޮށް، އަންނަ ހަފްތާގައި އައު ލިސްޓު އިއުލާނު ކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ މިހާރު މަސައްކަތް ކުރަމުން އަންނަނީ ފްލެޓު ލިބޭ މީހުންގެ ލިސްޓު އިވެލިއުއޭޓު ކުރުމުގެ މަސައްކަތް ކަމަށެވެ. އަލުން އިއުލާނު ކުރާ ލިސްޓު ނެރުމަށްފަހު އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"އިރާދަކުރެއްވިއްޔާ ފުލެޓްތައް ހަވާލުކުރާނަން މިއަހަރު ނިމުމުގެ ކުރިން،" މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.
ނިމިދިޔަ ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރަން ފެށި ފްލެޓުތަކަށް އެދި 20،697 މީހަކު ފޯމު ހުށަހަޅާފައިވެއެވެ. އެގޮތުން ތިން ކޮޓަރީގެ ފްލެޓަށް 14،489 ފޯމަކާއި ދެ ކޮޓަރީގެ ފްލެޓަށް އެދި 6،208 ފޯމު ހުށަހަޅާފައިވެއެވެ.
ކުރީގެ ސަރުކާރުން އެކުލަވާލި ފްލެޓް ލިސްޓަށް އަމަލު ކުރުން ހުއްޓާލީ ފްލެޓް ލިބުނު ކަމަށް ކަނޑައެޅި މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ ބައެއް ކަމަށް އޭސީސީން ބުނުމުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ