ބަރަހަނާ މަންޒަރުތައް ދައްކާ ހަފްލާތައް ބޭއްވުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިފަދައިން ވިދާޅުވެފައި މިވަނީ ދެ ޖިންސްގެ މީހުން ވާދަކުރާ 15 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕްއާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުންތައް ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
މިނިސްޓަރު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ބަރަހަނާ މަންޒަރުތައް ދައްކާ ހަފްލާތައް ބޭއްވުމަކީ މުސްލިމުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި ގައުމުގެ އިޖްތިމާއީ ކަރާމަތު ނަގަހައްޓައި އިސްލާމީ ސަގާފަތު ރައްކާތެރިކުރަންޖެހޭ ކަމަށާއި ކީރިތި ގުރުއާން ބާވައިލެއްވުނީ ހިދާޔަތެއްގެ ގޮތުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިކަމުގައި ސަރުކާރަށް ފާޑު ކިޔުންތައް އަމާޒުވެފައި މިވަނީ މިސް ޔުނިވާސްގައި ދިވެއްސަކު ބައިވެރިވުމަށް ނިންމުމާއި ގުޅިގެން ދިވެހިންގެ ދީނާއި އަގީދާ އާއި ސަގާފަތާއި ނުގުޅޭ ހަރަކާތްތަކާއި މުބާރާތްތައް ބޭއްވުމަކީ އަދި އެފަދަ ކަންކަމުގައި ދިވެހިން ބައިވެރިވުމަކީ ދިވެހި ސަރުކާރުން ބަލައިގަންނަ ކަމެއް ނޫން ކަމަށް ބުނެ އެކަން ކުރުން ހުއްޓާލުމަށް ސަރުކާރުން ގޮވާލާފައި ވަނިކޮށް މިފަދަ މުބާރާތެއް ރާއްޖޭގައި ބޭއްވުމުންނެވެ.
ބޮޑީ ބިލްޑިންގެ މި މުބާރާތާއި ގުޅިގެން ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ވެސް އަންނަނީ މިފަދަ ހަރަކާތްތައް ބޭއްވުމަކީ ދީނީ ގޮތުން ރަނގަޅު ކަމެއް ނޫންކަން ފާހަގަކުރަމުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ