ޖުމްހޫރީ ދުވަހާއި ގުޅިގެން މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ދޮޅު ގަޑިއިރު ވަންދެން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ތަގުރީރު ނިންމާލައްވަމުން ރާއްޖޭގެ ނޫސްވެރިންނަށް ނަސޭހަތް ދެއްވަވައިފިއެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަން ކުރައްވަމުން ގެންދަވަނީ ވަރަށް ދެފުށް ފެންނަ ގޮތަކަށް ކަމަށެވެ. އެގޮތުން އެމަނިކުފާނާއި ކުރައްވަން ބޭނުންފުޅުވާ ސުވާލުތައް ރައްޔިތުންނަށް ކުރެވޭނެ ގޮތަށް ރައީސް އޮފީހުގައި ގާއިމްކޮށްފައިވާ ޕޯޓަލް އަށް 840 އަށްވުރެ ގިނަ ސުވާލު އެ ޕޯޓަލް މެދުވެރިކޮށް އައިސްފައިވާ ކަމަށެވެ. ގާތްގަނޑަކަށް 22 ސުވާލު ނޫނިއްޔާ އެހެން ހުރިހާ ސުވާލަކަށް ޖަވާބު ދެއްވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ރައީސް އޮފީހަށް ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން މުއްދަތު ހަމަނުވާ 90 ޕަސެންޓު ފޯމުތަކަށް ޖަވާބު ދެއްވާފައި ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިހާތަނަށް އެއްވެސް ސަރުކާރަކުން ނުބާއްވާހާ ގިނައިން ސަރުކާރުހެ ވުޒާރާތަކުން ޕްރެސް ކޮންފަރެންސްތައް ބާއްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ޑިމޮކްރަސީއެއްގައި ނޫސްވެެރިންނަކީ ވަރަށް ބާރުގަދަ ބައެއް ކަމަށެވެ. ނޫސްވެރިންނަކީ ޒިންމާތަކެއް އޮތް ބައެއްކަން ފާހަގަކުރައްވާ ރައީސް ވަނީ އެ ޒިންމާ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އަދާ ކުރެއްވުމަށް އިލްތިމާސް ކުރައްވައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ