ރާއްޖޭގެ 186 ރަށުގައި މީހުންނަށް ދިރިނޫޅެވޭނެ ކަމަށާއި އެކަމުގެ ހަގީގަތް ރައްޔިތުން ގަބޫލު ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހާއި ގުޅިގެން މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ދިވެހި ގައުމަކީ ވަރަށް ނާޒުކު ގައުމެއް ކަމަށެވެ. ނާޒުކު ގައުމެއްކަން ރައީސް ފާހަގަކުރެއްވީ ތިމާވެށީގެ ގޮތުންނެވެ. ސަރަހައްދީ ތަރައްގީ ބޭނުންވަނީ އެހެންވެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
"200 ރަށުގައި 186 ރަށުގައި އަޅުގަނޑުމެންނަށް ނޫޅެވޭނެ. މި ފެކްޓު ގަބޫލުކުރަން އެބަޖެހޭ. މޫސުމީ ބަދަލަކީ ހަގީގަތެއް،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މިފަދައިން ވިދާޅުވިއިރު ރާއްޖެ ތަރައްގީ ކުރުމަށް މި ސަރުކާރުން ނިންމާފައިވާ އާބަން ސެންޓަރު ތަކުގެ މަގުސަދަކީ އެއްފަސްކުރުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވަނީ ވިދާޅުވެފައެވެ. އިއްޔެ ރައީސް ވަނީ އާބަން ސެންޓަރުތަކުގެ ގޮތުގައި ރާއްޖޭގެ ހަތް ސަރަހައްދެއް ކަނޑައަޅުއްވައިފައެވެ. މިނިސްޓަރު ހައިދަރު ވިދާޅުވީ އާބަން ސެންޓަރުތަކުގައި މަދުވެގެން 10،000 މީހުން ދިރިއުޅެވޭނެ ކަމަށެވެ.
އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރަން: ރައީސް
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި