މިނިވަން މުއައްސަސާތަކުގެ ތެރެއިން ތިން ކޮމިޝަނެއްގެ މެންބަރުން މަގާމުން ވަކި ކުރުމުގެ މައްސަލައެއް މާދަމާ އޮންނަ ރައްޔިތުންގެ މަޖިލިސް ޖަލްސާ އަށް އެޖެންޑާކޮށްފިއެވެ.
މާދަމާ އޮންނަ ޖަލްސާ އަށް އެޖެންޑާ ކޮށްފައި ވަނީ އެންޓ-ިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސް އާއި އެ ކޮމިޝަނުގެ މެންބަރަކު، މަގާމުން ވަކި ކުރުމަށާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް އެ ކޮމިޝަންގެ މެންބަރުކަމުގެ މަގާމުން ވަކި ކުރުމުގެ މައްސަލައެވެ.
މީގެއިތުރުން ވެސް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނާއިބު ރައީސް އާއި އެ ކޮމިޝަނުގެ ދެ މެންބަރަކު ވެސް މަގާމުން ވަކި ކުރުމަށް ވަނީ ހުށަހަޅާފައެވެ. އެޖެންޑާގައި ވަނީ އެ މައްސަލަތައް މަޖިލީހުގެ ދާއިމީ ކޮމެޓީ އަށް ފޮނުވުމެވެ.
އެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ވެސް މިދިޔަ ހަފްތާގައި ކުރިޔަށް ގެންދިޔައެވެ. ނަމަވެސް އެ ކޮމެޓީން މައްސަލަ ކުރިޔަށް ގެންދިޔައީ ސިއްރު ބައްދަލުވުމެއްގައެވެ.
ތިން ކޮމިޝަނުން އެހާ ގިނަ އަދަދެއްގެ މެންބަރުން ވަކިކުރާ ސަބަބެއް އަދި ސާފެއް ނުވެއެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި